މުޙައްމަދު ސިމާދު
20 މާރޗް 2019
މަޤްބޫލު ޙަބަރު

މީގެ އަހަރުތަކެއް ކުރިން ސްޓާ ޕުލަސް އިން ދެއްކި ޓީވީ ސީރީޒް ”އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން“ގެ ފުރަތަމަ ސީޒަނަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ވަރަށް ކާމިޔާބު ސީޒަނެކެވެ. ސަނާޔާ އީރާނީ އާއި ބަރުން ސޮބްތީ ފެނިގެން ދިޔަ އެ ސީޒަން އެހާ މަގުބޫލުވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ސަނާޔާ އާއި ބަރުންގެ ގުޅޭ ކެމިސްޓްރީއެވެ.

އޭގެ ނތީޖާއެއްގެ ގޮތުން އެ ފުރެންޗައިޒްގެ ފުރަތަމަ ސީޒަން އަލުން ދެކިލުމަށް ގިނަ ބަޔަކު އައީ ޑިމާންޑު ކުރަމުންނެވެ. އަދި އެ ފަރާތްތަކުގެ ޑިމާންޑު އަޑު އަހައި، ”އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން“ގެ ފުރަތަމަ ސީޒަން އަލުން އޮން އެއާ ކުރުމަށް ސްޓާ ޕުލަސް އިން ވަނީ ނިންމައިފައެވެ.

އެގޮތުން އެ ސިލްސިލާ އަލުން އޮންއެއާ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ގޮސް ހުކުރު ދުވަހާ ހަމައަށް އެ ސިލްސިލާ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

”އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން“ ފުރެންޗައިޒްގެ ދެވަނަ ސީޒަން ސްޓާ ޕުލަސް އިން މީގެ ކުރިން  ގެނެސްދީފައި ވަނީ ތަފާތު ތަރިންނާއެކުވެ. އެ ސީޒަންވީ ފްލޮޕަކަށްވީ އެހެން ވެގެން ކަމަށް ވެސް ވެދާނެއެވެ.

ދެ ވަނަ ސީޒަނަށް ފަހު އެ ފުރެންޗައިޒްގެ ތިން ވަނަ ސީޒަނެއް ވެސް ގެނެސްދިނެވެ. އެ ސީޒަންގައި ބަރުން ފެނިގެން ދިޔަ ނަމަވެސް ބަރުންއާއެކު ފެނިގެންދިޔައީ ތަފާތު ބަތަލާ އެކެވެ. އެހެންވެ އެ ސީޒަން ވެސް ވައިގައި ހިފާގޮތް ނުވެ ހުއްޓާލީއެވެ.

haftha.mv 2004 ©