.
20 މާރޗް 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ ސުޕަ ސްޓާ ސަލްމާން ޚާން އާއި ކެޓުރީނާ ކައިފު އަނެއްކާވެސް އެކުގައި ފެނިގެންދާ ފިލްމު،“ބާރަތު“ ގެ މަސައްކަތްތައް މިހާރު ހުރީ ނިމުމަކަށް އަންނަން ކައިރިވެފަ އެވެ. އެގޮތުން އެ ފިލްމުގެ އެންމެ ފަހުގެ ޝޫޓިންގ ތައް މިހާރު އެ ވަނީ ފަށާފަ އެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، އެ ފިލްމުގެ، މަންޒަރުތައް ވަނީ އެކި ލޮކޭޝަންތަކުގައި ނަގާފަ އެވެ. އޭގެ ތެރޭގައި ދުބާއީ، ޕަންޖާބު އަދި ދެލީ ހިމެނެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ އެ ފިލްމަކީ މި އަހަރުގެ އީދުގައި ރިލީޒު ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އެ ފިލްމުގައި ސަލްމާން އަދި ކެޓުރީނާގެ އިތުރުން ސުނިލް ގުރޯވާ، ދީޝާ ޕަޓާނީ، ތާބޫ، އަދި ނޯރާ ފަތުހީ ވެސް ފެނިގެންދެއެވެ.

”ބާރަތު“ އަކީ 2014 ވަނަ އަހަރު ރިލީޒު ކުރި ސައުތު ކޮރިއާގެ ފިލްމެއް ކަމަށްވާ ”އޮޑޭ ޓު މައި ފާދަރ“ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

haftha.mv 2004 ©