.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ސްޓާ ޕުލަސްގެ މަގުބޫލު ސިލްސިލާ ”އިޝްކުބާޒް“ ގެ ދެ ވަނަ ސީޒަން ފެށިފައިވާ އިރު، މި ފަހަރުގެ ސީޒަން ބިނާކޮށްފައިވަނީ މުޅިން ތަފާތު ވާހަކައަކަށެވެ.

އެގޮތުން މި ފަހަރުގެ ސީޒަން ބިނާކޮށްފައި ވަނީ ފުރަތަމަ ސީޒަންގެ ލީޑު ކުޅުނު ”އަނީކާ އާއި ޝިވާއޭ“ ކަރެކްޓާގެ ދަރިފުޅު، ޝިވާންޝް އަށެވެ. އަދި އެ ރޯލުވެސް ކުޅެނީ ޝިވާއޭގެ ކަރެކްޓާ ކުޅެދިން ނަކުލް މެހްތާ އެވެ.

އެހެންނަމަވެސް މިފަހަރުގެ ސީޒަންގައި އަނީކާގެ ކަރެކްޓާ ކުޅެދިން ސުރްބީ ޗަންދުނާ ނުފެނެ އެވެ. އޭނާ ވަނީ އެ ސިލްސިލާގެ ދެވަނަ ސީޒަނުން ނުފެންނާނެކަން މީޑީއާއަށް ކަށަވަރުކޮށްދީފަ އެވެ.

އެހެންކަމުން ”އިޝްކުބާޒް“ ގެ މި ފަހަރުގެ ސީޒަން ފެށީ މުޅިން އާ ބަތަލަކާ ވެސް އެކު އެވެ. އެހެންނަމަވެސް އަލަށް އެކްޓު ކުރުމުގެ ދާއިރާ އަށް ނުކުތް މަންޖިރީ ޕުލާލާ ގިނަ ބަޔަކަށް ކަމުދިޔަ ހެނެއް ހިއެއް ނުވެ އެވެ. އަދި ސުރްބީ އާއި ނަކުލް އާ ދެމެދުގައި އޮތް ވަރުގެ ކެމިސްޓްރީ އެއް ނަކުލް އާއި މަންޖިރީ އާ ދެމެދު އުފެދިފައިވާ ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ސުރްބީ އަލުން އެ ސިލްސިލާ އަށް ގަނައުމަށް ގިނަ ބަޔަކު އަންނަނީ ޑިމާންޑު ކުރަމުންނެވެ. އަދި ހަމަ މި ދަނޑިވަޅުގައި އެ ސިލްސިލާގެ ބަތަލާގެ ރޯލު ކުޅުމަށް އާ ތަރިއަކު ހޯދުމުގެ މަސައްކަތް ވެސް އެ ސިލްސިލާގެ ޕްރޮޑިއުސަރުން ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެންނަމަވެސް، އެ ސިލްސިލާ އަށް އާ ބަތަލާއެއް ހޯދާ އަސްލު ސަބަބެއް އަދި އެއްވެސް ފަރާތަކަށް ކަށަވަރު ވެފައި ނުވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އަދި އެ ފެތުރޭ ހަބަރުތަކުގެ ތެދު ދޮގެއް ވެސް ކަށަވަރު ވެފައި ނުވެ އެވެ.

haftha.mv 2004 ©