މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ ތަރިންނަށް ބަލާއިރު ރަންވީރު ސިންގް އަކީ މިއަދު ބޮލީވުޑްގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ވެސް އެންމެ ވިދުންގަދަ އެއް ތަރިއެވެ.

އެގޮތުން މިދިޔަ އަހަރު އޭނާ ފެނިގެންދިޔަ ދެ ފިލްމު، ”ޕަދްމާވަތީ“ އަދި ”ސިމްބާ“ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައިރު، ދެ ފިލްމު ވެސް ވެފައިވަނީ ބޮކްސްއޮފީހުގެ ބުލޮކްބަސްޓާސް އަށެވެ.

މިއަހަރު މިހާތަނަށް އައިއިރު ރަންވީރު ފެނިގެން ގޮސްފައިވަނީ، ޒޯޔާ އަޚްތަރުގެ ފިލްމު ”ގުލީ ބޯއީ“ އިންނެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ރެޕަރެއްގެ ރޯލަށް ވެސް ގިނަ ބައެއްގެ ސަޕޯޓް އޭނާއަށް ދަނީ ލިބެމުންނެވެ.

ރަންވީރު ދާދި ފަހުން ވަނީ އިޓަލީ އަންހެނުންގެ ފެޝަން އަދި ސެލެބްރިޓީ ގޮސިޕް މެގަޒިންއެއް ކަމަށްވާ ގްރާޒިއާގެ އިންޑިއާ އެޑިޝަންގެ ކަވަރުން ފެނިގެން ގޮސްފައެވެ. އަދި އެ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ރަންވީރު ވަނީ އޭނާގެ ހުވަފެނީ ރިޓަޔަމަންޓް ޕްލޭން ކިޔައިދީފައެވެ.

”އަހަރެން ބޭނުންވަނީ މޫދު ފެންނަ އަދި ސުވިމިން ޕޫލެއް އޮންނަ ގޯއާގެ ވިލާއެއް. އެތަނުގައި އަހަރެން ކައްކާ، ކުރަހާ، ފިލްމު ބަލާ އަދި ޔޯގާ ހަދަން. އަދި ބޭނުންވަނީ އަހަރެންގެ ގިނަ ކުދިން ކައިރީގައި އުޅެން،“ ރަންވީރު ބުނެފައިވެއެވެ.

haftha.mv 2004 ©