މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑް އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ފިލްމު ޑައިރެކްޓަރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމުގެ ގޮތުގައި އޮތް ”ޕަދްމާވަތީ“ އަދި ”ބަޖިރާއޯ މަސްތާނީ“ އަކީ އޭނާގެ ސުޕަހިޓް ތަކެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، ސަންޖޭ މިހާރު މަސައްކަތް ކުރަމުންދަނީ މަޝްހޫރު ތަރި ސަލްމާން ޚާންއާއެކު ފިލްމެއް އުފެއްދުމަށެވެ. މިކަން ހަގީގަތަކަށް ވެއްޖެނަމަ އެ ފިލްމު ވެގެންދާނީ 19 އަހަރަށްފަހު ދެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

ސަލްމާން އާއި ސަންޖޭ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ 1999 ވަނަ އަހަރު ނެރުނު ލޯބީގެ ފިލްމު، ”ހަމް ދިލް ދޭ ޗުކޭ ސަނަމް“ އިންނެވެ. އެ ފިލްމުގައި އަންހެން ލީޑު ރޯލް ކުޅެފައިވަނީ އައިޝްވަރިޔާ ރާއީ ބައްޗަންއެވެ.

ރިޕޯޓްތައް ބުނާގޮތުން، ސަލްމާން އާއި ސަންޖޭ އެކުގައި ފިލްމެއްގައި މަސައްކަތް ކުރުމަށް މަޝްވަރާކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި މިހާރު ސަންޖޭ ވަނީ ފިލްމުގެ ސްކްރިޕްޓު ލިޔެ، ސްކްރީން ޕްލޭގެ ކަންކަން ކުރިއަށް ގެންދަމުން ކަމަށްވެއެވެ.

އަދި މިއަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ފަށާނެ ކަމަސް ވެސް ހަބަރުތައް ބުނެއެވެ.

ސަންޖޭގެ މަސައްކަތްތަކަށް ބަލާއިރު އޭނާގެ އެންމެ ފަހުގެ ފިލްމު، ”ޕަދްމާވަތި“ ވެފައިވަނީ ބޮކްސް އޮފީހުގެ ހިޓް ފިލްމަކަށެވެ. އަދި ސަލްމާން މިވަގުތު އުޅެނީ ކެޓްރީނާ ކައިފް އައި ދިޝާ ޕަޓާނީ ފެނިގެންދަ ފިލްމު ”ބާރަތު“ގެ މަސައްކަތުގައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©