މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ވަރުން ދަވަން އޭނާގެ ޒަމާންވީ އެކުވެރިޔާ ނަތާޝާ ދަލާލްއާއެކު ލޯބީގެ ގުޅުމެއް އޮންނަކަން ވަރުން ހާމަކުރި ހިސާބުން ބޮލީވުޑް އުތުރި އެރިއެވެ. ”ކޮފީ ވިތް ކަރަން 6“ ގައި ވާހަކަދައްކަވަމުން ކަރަން ބުނެފައިވަނީ ނަތާޝާއަށް ކައިވެނިކުރުމުގެ ވިސްނުން ވެސް ގެންގުޅެމުން އަންނަކަމަށް ވެސް ބުނެފައެވެ.

އެ ވާހަކަތަކަށްފަހު ވަރުންގެ ބައްޕަ އާއި މަންމަ، ޑޭވިޑް އަދި ލާލީ ދަވަންއާއެކު ނަތާޝާ ފުރަތަމަ ފަހަރަށް ރަސްމީކޮށް އާންމުންގެ ކުރިމައްޗަށް ނުކުތެވެ. ނަމަވެސް ވަރުން އުޅުނީ ”ސްޓްރީޓް ޑޭންސާ 3ޑީ“ގެ މަސައްކަތުގައި އަވަދިނެތިކޮށެވެ.

ކޮންމެއަކަސް، ވަރުން އާއި ނަތާޝާގެ ކައިވެނީގެ އިތުރު ވާހަކައެއް އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.

މުމްބާއީ މިރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ނަތާޝާ ކައިވެނިކުރަން ބޭނުންވަނީ ރާއްޖޭގެ ރީތި ގޮނޑުދޮށެއްގައެވެ. އަދި ވާންއުޅޭ އަނބިމީހާގެ އެ ހިޔާލަށް ވަރުން ވެސް ތާއީދެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން، ވަރުންގެ އާއިލާއިން ނަތާޝާގެ އެ ހިޔާލަށް އެހާ ތާއީދެއް ނުކުރެއެވެ. އަދި ކައިވެނި ހަފްލާ ބާއްވާނެ ތަނަކާމެދު ވަރުން އާއި ނަތާޝާގެ އާއިލާއާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ވަރުންގެ ބައްޕަ އާއި މަންމަ ބޭނުންވަނީ އެ ކައިވެނި އިންޑިއާގައި ބާއްވާށެވެ. އެއީ އެހެން ތަނެއްގައި ކައިވެނި ހަފްލާ ބޭއްވުމުން ދިމާވެދާނެ ލޮޖިސްޓިކް ކަންތައްތަކުގެ ސަބަބުންނެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©