މުޙައްމަދު އިބްރާހިމް
20 March 2019
މަޤްބޫލު ޙަބަރު

އާންމު ގޮތެއްގައި އުފަން ދުވަހަކީ ތިމާއަށް ހަދިޔާ ލިބޭނެ ކަމަށް އެންމެ އުއްމީދު ކުރެވޭ އެއް ދުވަހެވެ. އުފަން ދުވަހަށް ބޭނުންވާ ތަކެތީގެ ލިސްޓު އާންމު ކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ.

ނަމަވެސް ބޮލީވުޑްގައި މިހާރު އެންމެ އަލިގަދަކޮށް ފިޔަޖަހަމުންދާ އެއް ތަރި، އަލިއާ ބަޓްގެ ވިސްނުން ތަފާތެވެ. އޭނާގެ ވިސްނުންހުރީ އުފަން ދުވަހާ ދިމާކޮށް އެހެން މީހުންނަށް ހަދިޔާ ބަހާށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިމަހުގެ 15 ވަނަ ދުވަހު އުމުރުން 26 އަހަރު ފުރުނި އާލިއާ ވަނީ އޭނާ ގެންގުޅޭ ދެ މުވައްޒަފުންނަށް އަގުބޮޑު ގެއެއް ގަނެދީފައެވެ.

އެގޮތުން އާލިއާގެ ޑްރައިވަރަށާއި ގޭތެރޭގައި މަސައްކަތްކުރަން ގެންގުޅޭ މުވައްޒަފަށް 50 ލައްކަ އިންޑިއަން ރުޕީސް (1.1 މިލިއަން ދިވެހި ރުފިޔާ) ވަނީ ހަދިޔާއަކަށް ދީފައެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ސިޓީއިން ގެއެއް ގަތުމަށް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އާލިއާ ދިން ފައިސާގެ އެހީން އެ ދެ މުވައްޒަފުން މިހާރު ވަނީ ގެއެއް ވެސް ބުކް ކޮށްފައެވެ. އެ ދެ މުވައްޒަފުންނަކީ އާލިއާ ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ވެސް އޭނާއަށް މަސައްކަަތްކޮށްދޭން އުޅުނު ދެ މީހުން ކަމަށްވެއެވެ.

އާލިއާގެ މުވައްޒަފުންނަށް އޭނާ ގެއެއް ގަތްދީފައިވާއިރު، އާލިއާ ވެސް ވަނީ 13 ކުރޯޑް ރުޕީސްގެ އަގުބޮޑު އެޕާޓްމަންޓެއް ގަނެފައެވެ.

އާލިއާ ބުނާގޮތުގައި، އެތަން ބޭނުންކުރާނީ އޭނާގެ ޕްރޮޑަކްޝަން ހައުސްގެ އޮފީހެއްގެ ގޮތުގައެވެ. އާލިއާ ޕްރޮޑަކްޝަނަށް ނުކުންނައިރު، އޭނާ އުފެއްދި ޕްރޮޑަކްޝަން ކުންފުންޏަށް ދީފައިވާ ނަމަކީ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންއެވެ.

Leave a Reply

Your email address will not be published.

haftha.mv ©