Thu, 28 May, 2020, 8:20 am
ޕްރިޔަންކާއަކަށް ކައްކާކަށް ނޭނގޭ، އެނގެނީ ހަމައެކަނި ބިސްގަނޑު އަޅަން!
188

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ކައިވެންޏަކީ މުޅި ހޮލީވުޑަށާއި ބޮލީވުޑަށް ވެސް ހާއްސަ ކައިވެންޏެކެވެ. މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ކުރި އެ ކައިވެންޏަށްފަހު ދެމީހުންގެ ދޭތެރޭގައި އޮތް ލޯބި ވަނީ އިތުރެވެ. ސޯޝަލް މީޑިއާގައި އެވާ ލޯބި ފެނި އެއީ މިއަދު ގިނަ ބައެއްގެ ކަޕަލް ގޯލްސްއެވެ.

ކޮންމެ އަކަސް ކައިވެންޏަށް ތިން މަސް ވެފައިވާއިރު ޕްރިޔަންކާގެ ފަރާތުން ކަމެއް ވަނީ ފަޅާއަރާފައެވެ. އޭނާއަކަށް ކައްކާކަށް ނޭނގެއެވެ.

އޭބީސީ ޗެޓް ޝޯ “ދަ ވިއު”ގައި ވާހަކަދައްކަމުން ޕްރިޔަންކާ އޭނާއާއި ޖޯނަސްގެ ކައިވެންޏާއި އޭނާގެ މިއުޒިކް ވީޑިއޯގައި ފެނިގެންދިޔަ ފެނުމާއި އަދި ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އެގޮތުން ޖޯނަސް އޭނާއަށް ޕްރޮޕޯސް ކުރުމުން ވެސް ޕްރިޔަންކާ ބުނި އެއް ވާހަކައަކީ އޭނާއަށް ކައްކާކަށް ނޭނގޭ ކަމެވެ.

“އަހަރެން ބުނިން އަޑުއަހާށެ. ޖޯނަސް އަކީ ދެކުނުގެ ރަނގަޅު ގެއަކުން އައިސްހުރި، މަންމަ ކައްކާ މީރު އެއްޗެހި ކާން އާދަވެފައި ހުރި މީހެކޭ. އެކަމަކު އަހަންނަކީ އެކަހަލަ ކުއްޖެއް ނޫނޭ. އަހަންނަކަށް ކައްކާކަށް ނޭނގޭ،” ޕްރިޔަންކާ ބުންޏެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އިތުރަށް ބުނީ، އޭނާއަށް ކައްކަން ނޭނގުނަސް ބިސްގަނޑު އަޅަން އިނގޭ ކަމަށެވެ.

“އެގޮތުން ބަލާނަމަ އަހަންނަކީ އެހާ ރަނގަޅު އަތްބެއް ނޫން. އެކަމުގަ މީގެ އެންމެ ހައިރާންވާންވީ ކަމަކީ، އަހަރެން ޖޯނަސް ކައިރީގައި ކައްކާކަށް ނޭނގޭ ބުނީމަ އޭނާ ބުނީ. އެއީ މައްސަލައެއް ނޫނޭ ބޭބް އޭ. އަހަންނަކަށް ވެސް ކައްކާކަށް ނޭނގޭ،” ޕްރިޔަންކާ ބުންޏެވެ.

Leave a comment

Your email address will not be published.