މުޙައްމަދު އިބްރާހިމް
23 March 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންއަށް ދުނިޔެއިން އެންމެ ރީތި ތަނަކީ ރާއްޖެ ކަމަށް އޭނާ ބުނެފިއެވެ.

ދީޕިކާ ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އައިސްފައެވެ. އެގޮތުން ފިރިމީހާ އަދި ބޮލީވުޑްގެ ބަތަލު ރަންވީރު ސިންގްއާ ރައްޓެހިވުމުގެ ކުރިން ވެސް ދެމީހުން އެކި ފަހަރު މަތިން ރާއްޖެ އައިސްފައެވެ.

އަދި ދެތަރިންގެ ކައިވެންޏަށްފަހު ސިއްރު ހަނީމޫން ވެސް ހޭދަކުރީ ރާއްޖޭގެ ނ. އަތޮޅުގެ ރިސޯޓެއްގައެވެ.

ވޯގް މަޖައްލާއިން ދީޕިކާއަށް އަމާޒުކުރި 73 ސުވާލުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ރީތި ތަނަކީ ކޮބައިތޯ ސުވާލުކުރުމުން ޖަވާބުގައި ދީޕިކާ ބުނީ ދިވެހިރާއްޖެ ކަމަށެވެ.

ނަމަވެސް ނުގޮސް ހުރި ގައުމުތަކުގެ ތެރެއިން އެންމެ ދާން ބޭނުންވަނީ ކޮން ގައުމެއްތޯ ސުވާލު ކުރުމުން ދީޕިކާ ބުނީ، މެކްސިކޯ ކަމަށެވެ. ނަމަވެސް އެއީ އޭނާ ކުރިން ގޮސްފައިވާ ތަނެއް ކަމަށް ބުނެފައިވެއެވެ.

އަދި އޭނާ އެންމެ ފަހުން ދިޔައީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން ދީޕިކާ ޖަވާބުގައި ބުނީ، ނިއު ޖާޒީއަށް ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ވޯގް މަޖައްލާއިން އާންމުކުރި އެ މަޖައްލާގެ ކަވަރުގައި ވެސް ދީޕިކާ ހިމެނިފައިވެއެވެ. އޭނާގެ އިތުރުން ދެން އެ ކަވަރުގައި ހިމެނެނީ ދުނިޔޭގެ މަޝްހޫރު ދެ ސެލަބްރިޓީންނެވެ. އެއީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހަންސަން އާއި ޑޫނާ ބައޭއެވެ.

Leave a Reply

Your email address will not be published.

haftha.mv ©