މުޙައްމަދު އިބްރާހިމް
24 March 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގައި މިފަހުން އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ ކައިވެނީގެ ވާހަކައެވެ. މިދިޔަ ޑިސެމްބަރު މަހު ކުރި އެ ކައިވެންޏަށްފަހު ވެސް އެވާހަކަ ދެއްކުންވީ އިތުރެވެ.

އެންމެ ފަހުން ޕްރިޔަންކާ ބަނޑުބޮޑު ވާހަކަތަކެއް ވެސް މީޑިއާތަކުގައި ފެެތުރުނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ނިއު ޔޯކް ފެޝަން ވީކަށް ޕްރިޔަންކާ ދިޔައިރު، ލައިގެން އިން ހެދުން ބާރުކަމުން އޭނާގެ ބަނޑު އުފުލިފައިވާ ތަން ފޮޓޯތަކަށް އެރުމުންނެވެ.

ނަމަވެސް އެކަން އެންމެފަހުން ވެގެންދިޔައީ ދޮގަކަށެވެ. ކުށްވެރިވީ ކެމެރާތަކުގެ އެންގަލްއެވެ.

އަނެއްކާވެސް މީޑިއާތަކަށް މިވަނީ އިތުރު ބަތަލެއްގެ ބަނޑުބޮޑު ވާހަކަތަކެއް ފެންމަތިވެފައެވެ. މިފަހަރު ބަތަލާ އައިޝްވަރިޔާ ރާއީއެވެ.

އެވާހަކަތައް ފެންމަތިވެފައި މިވަނީ، އައިޝްވަރިޔާ އާއި އަބިޝެކް ބައްޗަން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ގޯއާއަށް ކުރި ދަތުރުގައި ދެ ތަރިން ބީޗެއްގައި ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި އައިޝްވަރިޔާގެ ބަނޑު އިންނަނީ އުފުލިފައެވެ. އެގޮތުން ބައެއް މީހުން އޭނާ ދެވަނަ ދަރިއަކަށް ބަލިވެ އިނީތޯ ސުވާލު އުފައްދަން ފެށިއެވެ.

ނަމަވެސް އައިޝްވަރިޔާގެ ތަރުޖަމާން ވަނީ އެކަން ދޮގުކޮށްފައެވެ. ތަރުޖަމާން ބުނި ގޮތުގައި، އެ ފޮޓޯ ނަގާފައިވަނީ ގޯސް އެންގަލްއަކުން ކަމަށާއި ދެ ތަރިން ދެވަނަ ދަރިއަކަށް އަދި އުއްމީދު ނުކުރާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©