މުޙައްމަދު އީމާން
29 March 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ، ބޮލީވުޑްގެ ބަތަލާ މަލައިކާ އާއި އޭނާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ ކައިވެނި އަންނަ މަހު ބާއްވާ ކަމަށް ދެކެވޭ ވާހަކައެވެ.

ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ދެކެވެން ފެށިއިރު، ދެ މީހުން ވެސް އެކުގައި ގިނަ ތަންތަނަށް ގޮސްއުޅޭތަން ވަނީ ފެނިފައެވެ. އަދި މަލައިކާ ވެސް ވަނީ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ވެސް ވެފައެވެ.

ނަމަވެސް ދެ ތަރިން ވެސް އުޅެނީ އެ ގުޅުން މީޑިއާއަށް ސިއްރުކޮށްގެންނެވެ.

އެވާހަކަތަ ދެކެވެމުންދާއިރު މަލައިކާ ޗުއްޓީ ހޭދަކުރަން މިވަނީ ރާއްޖެ އައިސްފައެވެ. ނިޔަމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި އޭނާ ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ ގާތް އެކުވެރިން ތަކަކާއެކުއެވެ.

ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް މަލައިކާ އޭނާގެ ފޭނުންނަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދައިރު އަރުޖުން މިދަތުރުގައި އައިސްފައެއް ނުވެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ރައްޓެހިންނާއެކު މަލައިކާ ރާއްޖެ އައިސްފައިމިވަނީ އޭނާގެ ބެޗްލޮރެޓްއަށެވެ. އަދި މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މަލައިކާގެ މި ދަތުރަކީ ކައިވެނީގެ ކުރިން ކޮންމެވެސް ވަރެއްގެ އަރާމު ކުރުމަކަށް އޭނާ ކުރާ ދަތުރެކެވެ.

މަލައިކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައެވެ.

Leave a Reply

haftha.mv ©