Sun, 7 June, 2020, 1:41 pm
އަހަރެންގެ އެންމެ ބޮޑު ޗިއާލީޑަރަކީ ފިރިމީހާ: ސޯނަމް ކަޕޫރު
6

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ އެންމެ ބޮޑު ޗިއާލީޑަރު ނުވަތަ ސަޕޯޓްކުރާ މީހަކީ ފިރިމީހާ އާނަންދު އަހޫޖާ ކަމަށް އޭނާ ބުނެފިއެވެ.

ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ދެ އަހަރަށްފަހު ސޯނަމް އާއި ވިޔަފާރިވެރިޔާ އަހޫޖާ ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ދެ ތަރިން އެކުގައި ގިނަ ފަހަރު ފެނިގެން ގޮސްފައިވާއިރު ދެ މީހުންގެ ދެމެދު އޮތް ލޯބި ފާހަގަވެގެންދެއެވެ.

ފިރިމީހާއަކީ އޭނާގެ އެންމެ ބޮޑު ޗިއާލީޑަރު ކަމަށް ސޯނަމް ބުނީ، އިއްޔެ ޖިންސީ ހަމަހަމަކަމާބެހޭ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަމުންނެވެ.

“ސިނަމާގެ ދުނިޔޭގައި، އަހަންނާމެދު އަމަލުކުރީ އެއްހަމައަކުން ނޫން. ނަމަވެސް އަންހެނެއްގެ ގޮތުގައި. ނަމަވެސް އަންހެނުންނަށް އެހެން ވެގެން ނުވާނެކަން އަހަންނަށް އެނގުނު. ކައިވެންޏަށްފަހު އަހަރެންގެ ފިރިމީހާއަކީ އަހަރެންގެ ޗިއާލީޑަރު. އަދި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެންގެ ނަން އޭނާގެ ނަމުގެ މެދަށްލާ، މިހާރު އޭނާއަށް ކިޔަނީ އާނަންދު ސޯނަމް އަހޫޖާ،” ސޯނަމް ބުންޏެވެ.

މަސައްކަތުގެ ކެރިއަރަށް ބަލާއިރު ސޯނަމް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަބީޝެކް ޝަރްމާ ޑައިރެކްޓްކުރާ ފިލްމު “ދަ ޒޯޔާ ފެކްޓާރ” އިންނެވެ. ޕޫޖާ ޝެޓީ އަދި އާޓީ ޝެޓީ ޕްރޮޑިއުސްކުރާ އެ ފިލްމުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ މެދެއްހާ ހިސާބުގައެވެ.

Leave a comment

Your email address will not be published.