Sat, 6 June, 2020, 4:11 pm
އެޗްބީއޯއިން “ގޭމްސް އޮފް ތުރޯންސް” މާދަމާ ފެންނާނެ!
0

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ “ގޭމް އޮފް ތުރޯންސް” އިއްޔެ ލައިވް ސްރީމްކޮށ،ް ހޮޓްސްޓަރ އިން ދެއްކިއިރު، މާދަމާ އެޗްބީއޯއިން ފެނިގެންދާނެ އެވެ.

ގިނަ ބައެއް އިންތިޒާރުކުރަމުންދާ ގޭމްސް އޮފް ތްރޯންސްގެ އެންމެ ފަހު ސީސަންގައި ހަ އެޕިސޯޑު ހިމެނޭއިރު، ފުރަތަމަ އެޕިސޯޑް އިއްޔެ ވަނީ ޕްރިމިއާކޮށްފަ އެވެ. އިންޑިޔާގެ ނޫހަކުން މައުލޫމާތުދޭ ގޮތުގައި މާދަމާ އެޗްބީއޯއިން ފެނިގެންދާނެ ކަމަށާއި އެއީ އިންޑިޔާ ގަޑިން ރޭނގަޑު 10 ޖަހާއިރު ކަމަށެވެ. އެގޮތުން ރާއްޖޭންނަމަ ރޭނގަޑު 21:30 ގައި އެޗްބީއޯ އިން ފެނިގެންދާނެ އެވެ.

2011 ވަނަ އަހަރުން ފެށިގެން އެޗްބީއޯއިން ގެނެސްދޭ މި ޓީވީ ސިލްސިލާގެ އެޕިސޯޑެއްގެ ދިގުމިނަކީ 50 އާ 80 މިނެޓާއި ދެމެދެވެ. ގިނަ ކާސްޓުންތަކެއް ފެނިގެންދާ މި ޑްރާމާ އަށް އަންނަ އަހަރު ނިމުމެއް އަންނައިރު މިހާތަނަށް މި ސިލްސިލާގެ 67 އެޕިސޯޑުވަނީ ގެނެސްދީ، ބެލުންތެރިން ސައުގުވެރި ކޮށްދީފަ އެވެ.

އޭގެ އިތުރުން ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. “ގޭމް އޮފް ތުރޯންސް”ގެ އެންމެ ފަހު ސީޒަން އަށެއް ފަހު މި ފަހަރު ލިޔެފައި ވަނީ ޑޭވް ހިލް  އަދި ޑައިރެކްޓަރަކީ ޑޭވިޑް ނަޓާ އެވެ.

Leave a comment

Your email address will not be published.