މުޙައްމަދު އިބްރާހިމް
02 May 2019
މަޤްބޫލު ޙަބަރު

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ “ގޭމް އޮފް ތުރޯންސް”ގައި ސަންސާ ސްޓާކްގެ ރޯލު ކުޅޭ ބަތަލާ ސޯފީ ޓާނާ ލޯބިވެރިޔާ ޖޯ ޖޯނަސްއާ ކައިވެނިކޮށްފިއެވެ.

އޮކްޓޯބަރު 2017 ގައި އެންގޭޖްމަންޓް އިއުލާންކުރި އެ ދެ މީހުން ކައިވެނިކޮށްފައިވަނީ، ރޭ ލާސް ވޭގަސްގައި ބޭއްވި ސިއްރު ކައިވެނި ހަފްލާއެއްގައެވެ. ހަފްލާގައި ބައިވެރިވެފައިވަނީ އާއިލާއި ގާތް ރައްޓެހިން އެކަންޏެވެ.

ނަމަވެސް އެކަން އާންމުންނަށް އެނގުނީ އެމެރިކަން ޑީޖޭ، ތޯމަސް ވިސްލީ ނުވަތަ ގިނަ ބަޔަކު ދަންނަ ގޮތުންނަމަ ޑިޕްލޯގެ އިންސްޓަގުރަމް އެކައުންޓުގައި އެ ހަފްލާގެ ފޮޓޯތަކާ ވީޑިއޯތައް ހިއްސާ ކުރުމުންނެވެ.

ސޯފީ ޓާނާގެ މިހާރުގެ ފިރިމީހާ ޖޯ އަކީ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©