މުޙައްމަދު އިބްރާހިމް
03 May 2019
މަޤްބޫލު ޙަބަރު

ކަރައޭ ބުނެފިއްޔާ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ އއ. ތޮއްޑޫއެވެ. އެކަމަށް ހާއްސަ ރަށަކީ އެއީ ކަމުންނެވެ. ނަމަވެސް އެރަށް ހާއްސަވަނީ އެކަމަކުން އެކަންޏެއް ނޫނެވެ. މާލެއާ ދުރުނޫން ހިސާބެއްގައި ކަރާގެ ބައްޓަމަށް އޮންނަ ތޮއްޑޫއަކީ އެރަށުގެ ރީތިކަމުގެ ތެރެއަށް ގެއްލި ހުސްވެދާނެހާ ރީތި ރަށެކެވެ.

އެކަން ގާތުން ބަލައިލުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް އެކަން މިވަނީ ސިފަކޮށްދީފައެވެ. އެރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން މިވަނީ ލަވައަކުން އެރީތިކަން ދައްކައިދީފައެވެ.

“ލާމަސީލު މަންޒިލް”ގެ ނަމުގައި ހެދި އެ ވީޑިއޯ ލަވައިގެ ލިރިކްސް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ކުރީ ތޮއްޑޫގެ ޒުވާނުންނެވެ. އެކަމުގެ މޭސްތިރިއަކީ ކުރީގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ޝަރުވާން (ޝަރޭ)އެވެ.

ލިރިކްސް ހަދައިދީފައިވަނީ ވެސް ދިވެހި ބަހުގެ އުސްތާޒު އަދި ޅެންވެރިކަމުގައި ދެވަނައެއް ނެތް އާދަމް ނަސީރު އިބްރާހީމެވެ. އާދަމް ނަސީރަކީ ވެސް ތޮއްޑުއަށް އުފަން ބޭފުޅެކެވެ.

https://web.facebook.com/sharey.sharuwaan/videos/436277000465379/

ލަވައިގެ ސިނެމޮޓޮގުރަފީ ހަދާފައިވަނީ ޝަރޭ އަދި ޖުމާން އާދަމް (ޖުމާންޖީ)އެވެ. ލަވައިގެ އެޑިޓިންގެ މަސައްކަތް ވެސް ކުރީ ޝަރޭއެވެ. މިއުޒިކް، މެލޮޑީ، މިކްސިން އަދި ލަވަކިޔާފައިވަނީ ޝިފާއުގެ ޝާ ސްޓޫޑިއޯއިންނެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތޮއްޑޫގެ އެ ލަވާގައި ޑްރޯން ވީޑިއޯތަކާއި އިނގިރޭސި ސަބްޓައިޓަލްސް ވެސް އަރުވާފައިވާއިރު، ރަށުގެ ހިތްގައިމު ބޮޑު ފަޅާއި ފެހި ގަސްތަކާއި ދަނޑުބިންތަކުގެ އިތުރުން ރަށު ރައްޔިތުންގެ ދިރިއުޅުން ވަނީ ދައްކުވައިދީފައެވެ.

އެެހެންކަމުން މި ލަވަ ބަލާފައި ތޮއްޑޫއަށް ނުގޮސް ހަމަ ނޯންނާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©