ނަސްވާ ހަސަން
12 May 2019
މަޤްބޫލު ޙަބަރު

ޝާހްރުކް ޚާން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު، “ޒީރޯ” އަށް އެދެވޭ ތަރުހީބެއް ނުލިބުނެވެ. އެހެންކަމުން ޝާހްރުކް ވަނީ ދުވަސްކޮޅަކަށް ފިލްމު ކުޅުމުން ބުރޭކެއް ނަގަނީ ކަމަށް އިންޑިޔާގެ މީޑިޔާތަކަށް މައުލޫމާތު ދީފައެވެ. އަދި ދެން ފިލްމެއް ކުޅެން ފަށާނީ ހިތުގެ އަޑިން ފިލްމުކުޅެން ބޭނުންވެ، ވަރަށް ކުޅޭ ހިތްވެގެން ކަމަށް ބުނެފަ އެެވެ.

އެކަމާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ބޮލީވުޑްގައި ފެތުރޭއިރު، ބޮލީވުޑްގެ ފަހުގެ ރިޕޯޓުތަކުން ބުނާގޮތުގައި ޝާހްރުކް ޚާން ކުރިއަށް އޮތް ފިލްމުގައި ފެނިގެންދާނީ ކެޓްރީނާ ކެއިފް އާއި އެކު ކަމަށެވެ.

އަދި އެ ފިލްމަކީ 1982 އަމީތާބް ބައްޗަން ކުޅުނު “ސައްޓެ ޕެ ސައްޓާ” ގެ ރިމޭކް އެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކުރީގެ ފިލްމުގައި ލީޑްރޯލުން ފެނުނީ އަމީތާބުއާއި ހޭމާ މާލިނީ އެވެ. އެގޮތުން ރިމޭކުގައި އަމީތާބުގެ ރޯލުން ޝާހްރުކް ފެނިގެންދާއިރު މާލިނީގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ އެވެ.

އޭގެ އިތުރުން ފިލްމު ޑައިރެކްޓު ކުރާނީ ރޯހިތް ޝެއްޓީ އާއި ފަރާހް ޚާން އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ މައުލޫމާތެއް ވެސް އަދި ހާމަ ނުކުރާއިރު، ފިލްމުގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©