Fri, 29 May, 2020, 12:07 am
މަންމައިންގެ ދުވަހު ކިޑީ މަންމައަކަށް! މަރުހަބާ!
20

ދިވެހި ސެލެބްރިޓީ ޖޯޑުންގެ ތެރެއިން އެންމެ މަގުބޫލު އެއް ޖޯޑު، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހީމް ހަމީޝްއަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ކިޑީ ވިހާފައިވަނީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.

ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅާއެކު މާތް ﷲ އަށް ޝުކުރުކޮށް ހަމީޝް ބުނީ، ކިޑީ އަދި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި މިވަރުގެ އުފާވެރިކަމެއް އަދި ހަޔާތުގައި ވެސް ނުލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ކިޑީ އާއި ހަމީޝް އެމީހުންގެ އަލަތު ދަރިފުޅަށް މިއަދު މަރުހަބާ ކީއިރު، މި ދެމަފިރިން ފާހަގަކުރަމުން މިދަނީ އެމީހުންގެ ކައިވެނީގެ 10 ވަނަ އަހަރެވެ. ކިޑީ އާއި ހަމީޝް ކައިވެނިކޮށްފައިވަނީ 7 ޑިސެމްބަރު 2008 ގައެވެ.

އެގޮތުން މިވީ އަހަރުތަކުގައި ކިޑީގެ އެންމެ މުހިންމު ޕާޓްނަރަކީ ވެސް ހަމީޝްއެވެ. ފިރިމީހާގެ އިތުރުން ހަމީޝް އަކީ ކިޑީގެ ލަވައިގެ ކެރިއަރުގެ މެނާޖަރެވެ.

ސްކޫލް ލަވަމުބާރާތުން ގިނަބައެއް ސަމާލުކަން ހޯދި ކިޑީ އަދި މިއަދު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާއެވެ. އެގޮތުން ކިޑީގެ ކެރިއަރުގައި އެންމެ ބޮޑު ހައިލަޓަކަށްވާނީ މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނެވެ.

އޭގެ އިތުރުން ކިޑީ އަކީ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ރިކޯޑްކުރި ފުރަތަމަ ދިވެހި އާޓިސްޓެވެ. އެއީ ޕޫޖާ ބަޓް ޑައިރެކްޓްކޮށް، 2012 ވަނަ އަހަރު ނެރުނު ފިލްމު “ޖިސްމު 2” ގައި ކިޑީ ކިޔައިދީފައިވާ “ހޭވައްލާ” ލަވައެވެ.

Leave a comment

Your email address will not be published.