Thu, 28 May, 2020, 10:40 pm
ޕްރިންސް ހެރީ އާއި މޭގަންގެ ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފި
5

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަށާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލްއަށް ފިިރިހެން ދަރިކަލަކުގެ އާޗީގެ ފޮޓޯއެއް އާންމުކޮށްފި އެވެ.

ހެރީގެ ދެކަނބަލުންނަށް ލިބިވަޑައިގެން ފުރަަތަމަ ދަރިކަލުން ލިބިވަޑައިގެންފައި ވަނީ މެއި 6 ގަ އެވެ.

މަންމަ އިން ގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރި އެ ފޮޓޯ އާންމުކޮށްފައި ވަނީ ސަސެކްރޯޔަލް އިންސްޓަގްރާމް އެކައުންޓުނެވެ. އެ ފޮޓޯއިން ފެންނިގެން ދަނީ ތުއްތު ދަރިފުޅުގެ ފަޔާއި މޭގަންގެ އަތެވެ.

އިންސްޓަގްރާމްގައި އާއްމު ކުރި ފޮޓޯއަށް ފަހު ލިޔެފައި ވަނީ މިއީ ކުރިން މަންމަ އިންނަށް ވެފައިވާ މީހުންނާއި މިހާރުގެ މަންމަ އިންނާއި މަންމަ އިންނަށް ވުމުގެ މަގުމަތީގައިވާ މީހުންނާއި އަދި މަންމަ އަކަށް ވުމުގެ ނަސީބު ލިބިފައި ނެތް މީހުންނަށް ހާއްސަކުރާ ފޮޓޯއެއް ކަމަށެވެ. އަދި މިއީ މޭގަންގެ ފުރަތަމަ މަންމައިންގެ ދުވަސްކަން ލިޔެފައި ވެއެވެ.

އެފޮޓޯ އަށް 1.7 މިލިއަން ލައިކްސް މިހާތަނަށް ލިބިފައިވާއިރު، އާޗީ އަކީ މިވަގުތު އިނގިރޭސިވިލާތުގެ ތަހްތާއި ހަތްވަނަ އަށް އެންމެ ގާތުގައި ހުންނެވި ވަލީއަހްދެވެ.

Leave a comment

Your email address will not be published.