މުޙައްމަދު އިބްރާހިމް
17 May 2019
މަޤްބޫލު ޙަބަރު

މީމް އަކަށްވެ އިންޓަނެޓްގެ އެންމެ މަޝްހޫރުވި ބުޅާ، “ގްރަމްޕީ ކެޓް” މަރުވެއްޖެއެވެ.

ޓާޑާ ސޯސް ނުވަތަ ޓާޑްގެ ނަން ދީފައިވާ ހަތް އަހަރުގެ އެ ބުޅާ އިންޓަނެޓްގައި މަޝްހޫރު ވެގެންދިޔައީ ދެރަވެފައި ނުވަތަ ގަޔާނުވެފައި ހުންނަ ގޮތަކަށް އެ ބުޅަލުގެ އަގައަށް ވައްތަރެއް ޖައްސާފައި ހުރި ފޮޓޯއެއް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޯޝަލް ނިއުސް ވެބްސައިޓެއް ކަމަށްވާ ރެޑިޓްގައި ހިއްސާ ކުރުމުންނެވެ.

އަދި އެއަށްފަހު އެ ފޮޓޯ މީމްއަކަށްވެ އެ ބުޅާ ފާހަގަވެގެން ގޮސްފައިވަނީ އިންޓަނެޓްގެ ފުރަތަމަ “ޕެޓްއިންފުލުއެންސާ”ގެ ގޮތުގައެވެ.

ގުރަމްޕީ ކެޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ވެސް ބުނެފައިވަނީ، ގްރަމްޕީ މަރުވީ ކުޑަ ކަމުދާ ނިޒާމަށް ޖެހުނު އިންފެކްޝަނަކާ ގުޅިގެން ތަހައްމަލު ކުރަންޖެހުނު ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

އަދި ގްރަމްޕީ މަރުވީ މިދިޔަ އަންގާރަ ދުވަހު އޭނާގެ ވެރިމީހާ އަދި މަންމަ، ތަބަތާގެ އަތްމަތީގައި ކަމަށް ބުނެފައިވެއެވެ.

“އަހަރެމެންގެ ބޭބީ އަކަށްވުމާއި އާއިލާގެ މުހިންމު މެންބަރަކަށްވުމުގެ އިތުރުން، ގްރަމްޕީ ކެޓް ވަނީ އެންމެ އުދަނގޫ ވަގުތުތަކުގައި ވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މީހުންނަކަށް ހިނިތުންވުން ގެނެސްދީފައި،” ގްރަމްޕީ ކެޓްގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

އަމިއްލަ ނަމުގައި ވެބްސައިޓެއް ވެސް އޮންނަ ގްރަމްޕީ ކެޓްގެ ފޭސްބުކް އަށް މިލިއަން މީހުން ފޮލޯކުރާއިރު، އިންސްޓަގުރަމްގައި ދެ މިލިއަނަށްވުރެ ގިނަ ފްލޯވަރުން އުޅެއެވެ. އަދި ޓުވިޓާގައި 1.5 މިލިއަން މީހުން އެބުޅާ ފޮލޯ ކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©