މުޙައްމަދު އިބްރާހިމް
19 May 2019
މަޤްބޫލު ޙަބަރު

ދިވެހި ފިލްމު އިންޑަސްޓްރީގެ ސެލެބްރިޓީ ޖޯޑުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން އަތުލި އެކްޓަރު އަހްމަދު ސައީދާއި އެކްޓްރެސް ފާތިމަތު އާޒިފާ (އަޒޫ) އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މިއީ 2 ސެޕްޓެމްބަރު 2016 ވަނަ އަހަރު ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލި ސައީދާއި އަޒޫއަށް ލިބުނު އަލަތު ދަރިފުޅެވެ. ނަމަވެސް ސައީދުގެ ކުރީގެ ކައިވެނިން އޭނާގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ.

ސައީދު ބުނި ގޮތުގައި، އަޒޫ ވިހެއީ އިއްޔެ މެންދުރު 12:45 ހާއިރު އައިޖީއެމްއެޗްގައި ކަމަށާއި ވިހެއީ ޑޮކްޓަރުދިން ތާރީހަށްވުރެ ތިން ހަފްތާ ކުރިންކަމަށެވެ.

ނަމަވެސް ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

އަޒޫ ބަނޑުބޮޑުވި ފަހުން ސައީދު މީޑިއާއަކަށް ބުނެފައިވަނީ، ދެތަރިންނަށް ކޮންމެ ޖިންސެއްގެ ކުއްޖަކު ލިބުނަސް އޭނާއަށް އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް އަޒޫ އުއްމީދުކުރަނީ އަންހެން ކުއްޖަކަށް ކަމަށް ސައީދު ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©