ނަސްވާ ހަސަން
08 June 2019
މަޤްބޫލު ޙަބަރު

މަޝްހޫރުތަރިން ބައިވެރިވާ ކޮންމެ ހަފްލާއަކީ ބެލުން ތެރިންގެ ސަމާލުކަން ލިބޭނެ ހަފްލާއެކެވެ. އަދި އެމީހުން ލާ ހެދުމުން ފެށިގެން އައިނާއި ހަމައަށް ބެލުންތެރިން ބަލާ، އެ ސްޓައިލްގެ އޭތި ހޯދުމަށް މަސައްކަތް ކުރެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެންބީއޭ ޕްލޭ އޮފް ގޭމްގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޮންސޭ ބައިވެރިވި އެވެ. އަދި އެ ހަފްލާގެ ފޮޓޯތައް ޝޯޝަލް މީޑީއާގައި ދައުރުވުމާއިއެކު ބެލުންތެރިންގެ ސަމާލުކަން ހޯދާ ބިޔޮންސޭގެ ގޮނޑި ކައިރި ތިރީގައި އިން އޭނާގެ ދަބަހަށެވެ.

މިންޓް ގުރީން ކުލައިގެ ލެދާއިން ހަދާފަ ހުރި އެ ދަބަހުގެ، ހިފަހައްޓަށް އިންނަ ކުޑަ ވާކޮޅު މަތީގައި ބޮޑު މިނާ ބޯޅައެއް އިދެއެވެ. ޝޫ ބްރޭންޑްގެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ މި ދަބަހަކީ މިހާރު އެންމެންގެ މަގުބޫލުކަން ހޯދަމުންދާ އެކައްޗެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބިޔޮންސޭ ބޭނުންކުރި ކުލައިގެ ދަބަސް އެމެރިކާގެ މާކެޓުންވެސް ވަނީ ހުސްވެފައި އެވެ. ނަމަވެސް “ބައި ފާ” ގެ މި އުފެންދުން ވަރަށް އަވަހަށް މާކެޓަށް ނިކުންނާނެ ކަމަށް ވެއެވެ. އަދި ޓްރެންޑް ނުދަނީސް ދިވެހިންނާއި ހަމައަށްވެސް ފޯރާނެ ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©