މުޙައްމަދު އިބްރާހިމް
17 June 2019
މަޤްބޫލު ޙަބަރު

މުމްބާއީ: ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި މިއަހަރުގެ މިސް އިންޑިއާ މުބާރާތުގެ ތާޖު، ރާޖަސްތާނަށް ނިސްވަތްވާ ސުމަން ރާއޯ ކާމިޔާބުކޮށްފި އެވެ.

ޗާޓާޑް އެކައުންޓަންޓް ކިޔަވަމުންދާ އުމުރުން 22 އަހަރުގެ ސުމަން، މިސް އިންޑިއާގެ ޝަރަފްވެރި މަގާމަށް ހޮވުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގެ ސަރްދާރު ވައްލަބްބާއީ ޕަޓޭލް އިންޑޯ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭނާއަށް މިއަހަރުގެ މިސް އިންޑިއާގެ ތާޖު ހަވާލުކޮށްދިނީ މިދިޔަ އަހަރުގެ މިސް އިންޑިއާ އަނުކްރީތީ ވާސް އެވެ.

މިސް އިންޑިއާގެ ޝަރަފާއެކު ސުމަން ވެގެން ދާނީ މިއަހަރުގެ މިސް ވޯލްޑް ހޮވުމަށް ބާއްވާ މުބާރާތުގައި އިންޑިއާ ތަމްސީލު ކުރާނެ އަންހެން މީހާ އަށެވެ. މިއަހަރު ބާއްވާ މިސް ވޯލްޑްގެ 69 ވަނަ އެޑިޝަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ހަތެއްގައި ތައިލެންޑުގެ ޕަޓާޔާގަ އެވެ.

މިސް އިންޑިއާގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިތުރު މަގާމުތަކެއް ވެސް ވަނީ ހޮވައިފައެވެ.

އެގޮތުން މިސް އިންޑިއާ ރަނާރ-ރަޕް 2019 ގެ މަގާމު ލިބުނީ ތެލަންގަނާގެ ސަންޖަނާ ވިޖް އަށެވެ. މިސް ގްރޭންޑް އިންޑިއާގެ މަގާމު ހާސިލުކުރީ ޗަތިސްގަޅުގެ ޝިވާނީ ޔާދަވް އެވެ. އަދި މިސް އިންޑިއާ ޔުނައިޓެޑް ކޮންޓިނެންޓްސްގެ މަގާމު ލިބުނީ މެނޭޖްމަންޓް ދަރިވަރެއް ކަމަށްވާ ބިހާރުގެ ޝްރެޔާ ޝަންކަރަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©