Thu, 28 May, 2020, 10:38 pm
ދުނިޔޭގެ އެންމެ “ސެކްސީ” މީހުން އުޅެނީ ޔޫކްރެއިންގައި
102

ދުނިޔޭގެ ކޮންމެ ގައުމަކީ ވެސް ތަފާތު ގައުމެކެވެ. އެއްބައި ގައުމުތަކަކީ ސަގާފަތާއި ތާރީހަށް މުއްސަނދި ނުވަތަ ދުނިޔޭގެ ބޮޑު ބާރަކަށް ވެފައި އޮންނަ ގައުމުތަކެވެ. އަނެއްބައި ގައުމުތަކަކީ އެ ގައުމެއްގައި ހުންނަ ބިނާއެއްގެ ސަބަބުން މަޝްހޫރު ގައުމެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ ރީތި މީހުން އުޅޭ ގައުމެއް އޮވެދާނެ ބާއެވެ؟

އާއެކެވެ! ބައިނަލްއަގްވާމީ ޓްރެވަލް ވެބްސައިޓެއް ކަމަށްވާ “ބިގް 7 ޓްރެވަލްސް” އިން މިވަނީ އެ ގައުމު ހޯދައިފަ އެވެ. ދުނިޔޭގެ 1.5 މިލިއަން މީހުންނާއެކު ސާވޭއަކުން ދުނިޔޭގެ އެންމެ ސެކްސީ މީހުން އުޅޭ ގައުމަކީ ޔޫކްރެއިން އެވެ.

ޔޫކްރެއިން އަކީ އެންމެ ގިނަ މޮޑެލުންނާއި ޕޮޕް ސްޓާރުންގެ އިތުރުން މަޝްހޫރު ބައެއް ތަރިންގެ ވެސް އުފަން ގައުމެވެ. ނަމަވެސް ޔޫކްރެއިންގެ މީހަކަށް އަދި މިހާތަނަށް މިސް ޔުނިވާސް އެއް އަދި މިސް ވޯލްޑްގެ ތާޖެއް ވެސް ލިބިފައެއް ނުވެ އެވެ.

ދުނިޔޭގެ އެންމެ ސެކްސީ މީހުން އުޅޭ 50 ގައުމުގެ ލިސްޓުގެ ފުރަތަމަ 10 ގައުމުގެ ތެރޭގައި ހިމެނެނީ: ޔޫކްރެއިން، ޑެންމާކް، ދަ ފިލިޕީންސް، ބްރެޒިލް، އޮސްޓްރޭލިއާ، ސައުތް އެފްރިކާ، އިޓަލީ، އަރްމޭނިއާ، އިނގިރޭސި ވިލާތް އަދި ކެނެޑާ އެވެ.

ދެން އެ ލިސްޓުގައި ހިމެނެނީ ކޯސްޓަ ރިކާ، ފްރާންސް، ދަ ނެދަލެންޑްސް، ކެންޔާ، ބާބަޑޮސް، ސްޕެއިން، ބަލްގޭރިއާ، ޗެކް ރިޕަބްލިކް، ޖަޕާން، ހެންގޭރީ، ފިންލެންޑް، ކޮލަމްބިއާ، ނިއު ޒިލެންޑް، މެކްސިކޯ، މެލޭޝިއާ، އިރާން، ޕޮލެންޑް، އިންޑިއާ، ނައިޖީރިއާ، އިޒްރޭލް، ޗައިނާ، ލިތުއޭނިއާ، ރަޝިއާ އާޖެންޓީނާ، މޮރޮކޯ، ތައިލެންޑް، މިސްރު، ސްކޮޓްލެންޑް، ސްވިޑެން އަދި ޓޫނީޝިއާ އެވެ.

ލިސްޓުގެ އެންމެ ފަހަތުން ޖާގަ ލިބިފައިވަނީ، ވޭލްސް، ޕާކިސްތާން، ލެބަނަން، ޖަރުމަންވިލާތް، އެމެރިކާ، ނޯވޭ، ސްލޮވޭނިއާ، ބެލްޖިއަމް، ކޮރެއޭޝިއާ އަދި އަޔަލެންޑެވެ.

Leave a comment

Your email address will not be published.