Thu, 28 May, 2020, 11:20 pm
ލާރާ، ޒަރޭ، ރީހާން އަދި ހޯރަ އައްޔައާއެކު ފޯރިގަދަ އީދަކަށް ބިދަބިން!
159

މިއަހަރުގެ ބޮޑު އީދު މިއޮތީ ބޯމަތިވެފަ އެވެ. އެއް ބަޔަކު އަތޮޅު ތެރެއަށް އަނެއް ބަޔަކު ރާއްޖެއިން ބޭރަށް ދާން ދަތުރު ހަދަނީ އެވެ. އީދުގެ ފޯރި ގަދަ ކުރަން ރަށްތަކުގައި ވެސް މަސައްކަތް މިވަނީ ފަށައިފި އެވެ.

އީދާއެކު އެންމެ ބޮޑަށް ބިޒީވާ، ބޮޑުބެރު ގުރޫޕް ތަކުގެ ފަރިތަކުރުންތައް ވެސް މެކުހަށް ޖަހައިފި އެވެ. އެއީ އެ ގުރޫޕްތަކަށް ވެސް އަންނަ އީދެކެވެ. ދާ ކޮންމެ ތަނެއްގައި އީދުގެ ފޯރި ގުގުމާލަން، ރާއްޖޭގައި ނަގާކިޔާ ޒުވާން ބޮޑުބެރު ގުރޫޕް، ބިދަބިން އޮތީ މިހާރުއްސުރެ ތައްޔާރަށެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ދިވެހިންގެ ހިތްތައް އަތުލި ކުޑަ ނަމަވެސް ވަރުގަދަ އަޑުގެ ވެރިޔާ، މުހައްމަދު ރީހާން އާއި ލަވަކިޔުމާއި ނެށުމުގެ ތަޖުރިބާގައި ދެވަނަ އެއް ނެތް އަލީ އަހްސަން (ހޯރަ އައްޔަ)ގެ އިތުރުން މި އީދުގައި ބިދަބިންއާއެކު ރާއްޖޭގައި ނަގާ ކިޔާ ތަފާތު ދެ އަޑެއް އިވިގެންދާނެ އެވެ.

އެއީ ރާއްޖޭގެ ބޮޑުބެރު ގުރޫޕް، މަންދީރަ ބޮޑުބެރު ގުރޫޕުން ދާދި ފަހުން ވަކިވި ދެ މެންބަރުން ކަމަށްވާ މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ލިބުނު އަދި ވަރުގަދަ އަޑުގެ ވެރިޔާ ނައުޝާދް ލަތީފް (ޒަރޭ) އަދި މަންދީރަ ބޮޑުބެރު ގުރޫޕްގެ މައި އެއް އަޑު އަބްދުﷲ މުރުޝިދް (ލާރާ) އެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ މި އީދުގައި ޒަރޭ އަދި ލާރާ ބިދަބިންއާއެކު ހާއްސަ ޕޯފާރމާސްގެ ގޮތުގައި ބައިވެރިވާނެ ކަމަށެވެ.

އަދި އެ ގުރޫޕްގެ އެއް ހުންގާނު އަދި ބޮޑުބެރުގައި ދެވަނަ އެއް ނެތް ހޯރަ އައްޔަގެ ވަރަށް ފުރިހަމަ ސަގާފީ ހަރަކާތްތަކާއި ލަވަތައް ބިދަބިންއާއެކު އީދުގައި ދައްކާލަދޭނެ ކަމަށް އާއްކޮ ބުންޏެވެ.

ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭައި ނަގާ ކިޔާ އެއް ގުރޫޕެވެ. އެގޮތުން މި އީދުގައި އެ ގުރޫޕުން ތައާރަފްކޮށްފައިވާ ޕެކޭޖުގައި ވެސް ސަގާފީ އެތައް އައިޓަމްތަކާއި ޒަމާނީ ލަވަތަކެއް ހިމަނާފައިވާނެ ކަމަށް އާއްކޮ މައުލޫމާތުދެ އެވެ.

މި އީދުގެ ފޯރި އިތުރަށް ގަދަ ކުރަން ބިދަބިން ނުގެންދާންވީ ސަބަބެއް ނެތެވެ. އެހެންކަމުން، މީގައި އިތުރު ވާހަކައެއް ދައްކާކަށް ނެތީމެވެ. ފޯރިގަދަ ވާނެ ކަމާމެދު ޝައްކެއް ވެސް ނުކުރަމެވެ. ބިދަބިންގެ އީދު ޕެކޭޖްތަކަށް ބުކިން ހެއްދެވުމަށް 9105525 އަށް ގުޅާލާށެވެ.

Leave a comment

Your email address will not be published.