Fri, 5 June, 2020, 2:42 am
ބޮޑު އީދުގައި މީދޫއަށް “ބިދަބިން” އަރަނީ!
74

މިއަހަރުގެ ބޮޑު އީދު މިއޮތީ ބޯމަތިވެފަ އެވެ. އީދުގެ ފޯރިގަދަ ކުރަން ރަށްރަށުން ދަނީ ތައްޔާރު ވަމުން ނެވެ. މަޝްހޫރު ފަންނާނުންނާއި ގުރޫޕްތަކަށް ޑިމާންޑު މިވަނީ ބޮޑުވެފަ އެވެ. އެހެން ކަމުން މި އީދު ފާހަގަކުރަން ދާނެ ރަށެއް ނިންމަން މިވަނީ ދަތިވެފަ އެވެ.

އެނގޭހާ ވެސް އެއްޗަކީ ދ. މީދޫގައި މިފަހަރުގެ އީދު ތަފާތު ވާނެ ކަމެވެ. ފޯރިއާ މެދު ސުވާލެއް ނެތެވެ. ސަބަބަކީ ބޮޑު އީދަށް އެރަށަށް “ބިދަބިން” އަރާނެ ކަމެވެ. ރާއްޖޭގައި ނަގާކިޔާ ޒުވާން ބޮޑުބެރު ގުރޫޕް، ބިދަބިންގެ އަޑު ގަދަވާނެ އެވެ.

މީދޫ ކައުންސިލުން މިއަހަރު ފާހަގަކުރާ ބޮޑު އީދުގެ ހަރަކާތްތަކުގައި ބިދަބިން ގެންދިއުމަށް މިހާރު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ދިވެހިންގެ ހިތްތައް އަތުލި ކުޑަ ނަމަވެސް ވަރުގަދަ އަޑުގެ ވެރިޔާ، މުހައްމަދު ރީހާން އާއި ލަވަކިޔުމާއި ނެށުމުގެ ތަޖުރިބާގައި ދެވަނަ އެއް ނެތް އަލީ އަހްސަން (ހޯރަ އައްޔަ)ގެ އިތުރުން މި އީދުގައި ބިދަބިންއާއެކު ރާއްޖޭގައި ނަގާ ކިޔާ ތަފާތު ދެ އަޑެއް އިވިގެންދާނެ އެވެ.

އެއީ ބޮޑުބެރުގައި ފާހަގަކޮށްލެވޭ ދެ ފަންނާނުން ކަމަށްވާ، މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ލިބުނު އަދި ވަރުގަދަ އަޑުގެ ވެރިޔާ ނައުޝާދް ލަތީފް (ޒަރޭ) އަދި ބޮޑުބެރުގައި މަޝްހޫރު އަޑުގެ ވެރިޔާ އަބްދުﷲ މުރުޝިދް (ލާރާ) އެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ އެ ގުރޫޕްގެ އެއް ހުންގާނު އަދި ބޮޑުބެރުގައި ދެވަނަ އެއް ނެތް ހޯރަ އައްޔަގެ ވަރަށް ފުރިހަމަ ސަގާފީ ހަރަކާތްތައް ވެސް މީދޫގައި ފެނިގެންދާނެ ކަމަށެވެ.

ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭައި ނަގާ ކިޔާ އެއް ގުރޫޕެވެ. އެގޮތުން މި އީދުގައި އެ ގުރޫޕުން ތައާރަފްކޮށްފައިވާ ޕެކޭޖުގައި ވެސް ސަގާފީ އެތައް އައިޓަމްތަކާއި ޒަމާނީ ލަވަތަކެއް ހިމަނާފައިވާނެ ކަމަށް އާއްކޮ މައުލޫމާތުދެ އެވެ.

މި އީދުގެ ފޯރި އިތުރަށް ގަދަ ކުރަން ބިދަބިން ނުގެންދާންވީ ސަބަބެއް ނެތެވެ. އެހެންކަމުން، މީގައި އިތުރު ވާހަކައެއް ދައްކާކަށް ނެތީމެވެ. ފޯރިގަދަ ވާނެ ކަމާމެދު ޝައްކެއް ވެސް ނުކުރަމެވެ. ބިދަބިންގެ އީދު ޕެކޭޖްތަކަށް ބުކިން ހެއްދެވުމަށް 9105525 އަށް ގުޅާލާށެވެ.

Leave a comment

Your email address will not be published.