Fri, 5 June, 2020, 1:41 am
އަރްޖުން އާއި ލޯބިވެރިޔާ ގެބްރިއެއްލާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
1

ބޮލީވުޑްގެ އެކްޓަރު އަރްޖުން ރަމްޕަލް އާއި އޭނާގެ ލޯބިވެރިޔާ، ސައުތް އެފްރިކާގެ މޮޑެލް އަދި އެކްޓުރެސް ގެބްރިއެއްލާ ޑެމެޓްރިއޭޑްސް އަށް ފިރިހެން ކުއްޖަކު އިއްޔެ ލިބިއްޖެ އެވެ.

އަރްޖުންއަށް ކުއްޖަކު ލިބުނުކަން އެނގުނީ ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ޖޭޕީ ދުއްތާގެ އަންހެން ދަރިފުޅު ނިދީ ދުއްތާ ކުރި ޓުވީޓަކުން ނެވެ.

އުމުރުން 46 އަހަރުގެ އަރްޖުންގެ ދަރިއަކަށް ބަލިވެއިންކަން ގެބްރިއެއްލާ އިއުލާންކުރީ މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މިއީ އަރްޖުންއަށް ލިބުނު ތިން ވަނަ ދަރި އެވެ.

އަރްޖުން އާއި ކުރީގެ އަނބިމީހާ މެހެރް ޖެސީއާއަށް މީގެ ކުރިން ވަނީ ދެ އަންހެން ކުދިން ލިބިފަ އެވެ. ނަމަވެސް 20 އަހަރު އެކުގައި އުޅުމަށް ފަހު އެ ދެ މީހުން ވަނީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވަކިވެފަ އެވެ.

Leave a comment

Your email address will not be published.