މުޙައްމަދު އިބްރާހިމް
26 October 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެކްޓްރެސް ސަނީ ލިއޯނީ އަކީ އިންޑަސްޓްރީގައި އެތައް ގޮންޖެހުމަކާއި ކުރިމަތިލައި، މިއަދު އެ އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްގެން ހުރި މަގުބޫލު ތަރިއެކެވެ. ނަމަވެސް ސަނީއަކީ ނެށުމާއި އެކްޓު ކުރުމުގެ އިތުރުން އަޅާލައި މަންމަ އަކާއި ލޯބިވާ އަތްބެއްގެ ދައުރު ވެސް އަދާކުރުމުގައި ނަމޫނާއެކެވެ.

އެގޮތުން ސަނީ އަކީ ތިން ކުދިންގެ މަންމައެކެވެ. އެއީ މީގެ ތިން އަހަރު ކުރިން މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރުން އެޑޮޕްޓުކުރި ނިޝާ ވެބާ އާއި ނޯއާ ސިިންގް ވެބާ އަދި އާޝާ ސިންގް ވެބާއެވެ.

ނޯއާ އަދި އާޝާ އަކީ މިދިޔަ އަހަރުގެ ތެރޭގައި ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށް ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ ހޯދި ދެ ކުދިންނެވެ.

މި ހުރިހާ ކުދިންނަކާ އެއްކޮށް ވެސް ސަނީގެ ދެމަފިރިން ދަނީ ވަގުތު ހުސްކުރަމުންނެވެ. ލިބުނު އުފަލާއި ނަސީބުގެ ގޮތުގައި ސަނީ ސިފަކުރާ އެ ކުދިންނާއެކެ ހޭދަކުރާ ހާއްސަ ވަގުތުތައް ދޭތެރެ ދޭތެރެއިން ފޭނުންނާ ވެސް ހިއްސާ ކުރެއެވެ. އެގޮތުން މިފަހުން ވެސް މިވަނީ އެފަދަ ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.

އެ ފޮޓޯގައި ފެންނަނީ ސަނީ އާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ނިޝާ ރީނދޫ ކުލައިގެ އެއް ފޮތިގަނޑަކުން ދާދި އެއް ގޮތަކަށް ފަހާފައިވާ ދެ ހެދުމުގައި ތިބޭ މަންޒަރެވެ. ފޮޓޯގައި ސަނީ ފެންނަނީ ހެވިފައި ހުއްޓައެވެ.

ސަނީގެ މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ނަވާޒުއްދީން ސިއްދީގީ އަދި އަތިޔާ ޝެޓީ ފެނިގެންދާ ފިލްމު، ‘މޮޓިޗޫރް ޗަކްނާޗޫރް’ ގައި ހިމެނޭ ފީޗާޑް ލަވައެއް ސަނީ ވަނީ ކުޅެފައެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް އަންނަ ހަމަޖެހިފައިވާ އެ ފިލްމަކީ ރޮމެންޓިކް ވެޑިން ކޮމެޑީ ފިލްމެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©