Fri, 5 June, 2020, 11:46 am
ދިވެހި ފިލްމު އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން “ވަކިން ލޯބިން” އަދި “ދެވަންސޫރަ” އަށް!
2

ނުވަ ވަނަ ފިލްމު އެވޯޑްސްގައި މިއަހަރު އެވޯޑު ދޭން ނިންމާފައިވާ ކެޓަގަރީތަކުގެ ނޮމިނޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަންސް ފިލްމު “ވަކިން ލޯބިން” އަދި “ދެވަންސޫރަ” އަށް ލިބިއްޖެއެވެ.

ނޭޝަނަލް ސެންޓަރު ފޮ ދި އާޓްސް އިން އިންތިޒާމުކޮށްގެން މިމަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑްސްގައި މިރޭ ވަނީ މުހިންމު ހަ ކެޓަގަރީއަކަށް ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ފަސް ނަން ހިމަނައިފައެވެ.

އެގޮތުން ޑާކްރެއިން އެންޓަޓައިންމަންޓުގެ “ވަކިން ލޯބިން” އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓު ކޮށްފައިވާ “ދެވަންސޫރަ” އިން ކޮންމެ ފިލްމެއް ވަނީ ހަ ކެޓަގަރީ އަކުން ނޮމިނޭޓް ވެފައެވެ.

ފިލްމު “ހައްދު” އަދި “ވިޝްކާ” ފަސް ކެޓަގަރީއަކުން ނޮމިނޭޓްވިއިރު، “އިލް ނޮއިސް” ވަނީ ތިން ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ. އަދި ފިލްމު “ބޮސް” އާއި “މަލިކާ” ދެ ކެޓަގަރީއަކުން ނޮމިނޭޓްވިއިރު، “މީ ލޯތްބަކީ” ނޮމިނޭޓްވީ އެންމެ ކެޓަގަރީ އަކުންނެވެ.

އެންމެ މޮޅު 5 އެކްޓަރު (އަންހެން):

* މަރިޔަމް އައްޒަ (މީ ލޯތްބަކީ)

* މަރިޔަމް އައްޒަ (ހައްދު)

* އައިޝަތު ރިޝްމީ ރަމީޒް (ވިޝްކާ)

* މަރިޔަމް މަޖުދާ (ވަކިން ލޯބިން)

* ނުޒުހަތު ޝުއައިބް (މަލިކާ)

އެންމެ މޮޅު 5 އެކްޓަރު (ފިރިހެން)

* މުހައްމަދު މުންތަސިރު (އިލް ނޮއިސް)

* ޔޫސުފް ޝަފީއު (ދެވަންސޫރަ)

* ރަވީ ފާރޫގު (ވިޝްކާ)

* މުހައްމަދު ޖަމިއްޔިލް ނިމާލް (ވަކިން ލޯބިން)

* އިސްމާއީލް ޒާހިރު (މަލިކާ)

އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން)

* ފާތިމަތު އާޒިފާ (ބޮސް)

* ފައުޒިއްޔާ ހަސަން (ހައްދު)

* ފާތިމަތު އާޒިފާ (ދެވަންސޫރަ)

* ޚަދީޖާ އިބްރާހިމް ދީދީ (ވަކިން ލޯބިން)

* ނުޒުހަތު ޝުއައިބް (ވަކިން ލޯބިން)

އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން)

* އިބްރާހިމް ޖިހާދު (ބޮސް)

* އަލީ އާޒިމް (ހައްދު)

* އަލީ އާޒިމް (ދެވަންސޫރަ)

* އިބްރާހިމް ޖިހާދު (ދެވަންސޫރަ)

* އަހުމަދު ސައީދު (ވިޝްކާ)

އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް)

* އިސްމާއީލް ނިހާދު (އިލް ނޮއިސް)

* އަބްދުލް ފައްތާހް (ހައްދު)

* ޔޫސުފް ޝަފީއު އަލީ (ދެވަންސޫރަ)

* ރަވީ ފާރޫގް (ވިޝްކާ)

* އަލީ ޝިފާއު (ވަކިން ލޯބިން)

އެންމެ މޮޅު ފަސް ފިލްމް (ފީޗާ ފިލްމް)

* އިލް ނޮއިސް

* ހައްދު

* ދެވަންސޫރަ

* ވިޝްކާ

* ވަކިން ލޯބިން

ފިލްމު އެވޯޑްސް ހަފްލާ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ

Leave a comment

Your email address will not be published.