Wed, 8 April, 2020, 11:46 pm
ސޯފީ ޓާނާ ބަނޑުބޮޑު؟

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ “ގޭމް އޮފް ތުރޯންސް” ގައި ސަންސާ ސްޓާކްގެ ރޯލް ކުޅޭ ބަތަލާ ސޯފީ ޓާނާ ބަނޑުބޮޑު ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ގިނަ މަސްދަރުތަކާ ހަވާލާދީ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އީ! ނިއުސް އިން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ލޯބިވެރިޔާ ޖޯ ޖޯނަސްއާ ކައިވެނިކުރި ސޯފީ ޓާނާ ބަނޑުބޮޑު ކަމަށެވެ.

އެގޮތުން އެ ހަބަރު އެންމެ ފުރަތަމަ ހިއްސާކުރި ޖަސްޓްޖެއާޑުން މަސްދަރަކާ ހަވާލާދީ ބުނީ ސޯފީ އާއި ޖޯ އުޅެނީ އެކަން ވަރަށް ސިއްރު ކޮށްގެންނެވެ. ނަމަވެސް ރައްޓެހިންނާއި އާއިލާއިން އެކަމާ އުފާ ފާޅުކުރަމުންދާ ކަމަށެވެ.

އެހެން މަސްދަރުން ބުނާ ގޮތުގައި، ސޯފީ ޓާނާ މިހާރު ދަނީ ބަލިވެ އިނުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ނުފެންނަ ވައްތަރުގެ ހެނދުންތައް ހޯދަމުންނެވެ.

ސޯފީ އާއި ޖީ އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިގެން ދިޔައީ 2020ގެ ގްރެމީސްގައެވެ.

އޮކްޓޯބަރު 2017 ގައި އެންގޭޖްމަންޓް އިއުލާން ކުރުމަށްފަހު ސޯފީ އާއި ޖޯ ކައިވެނިކުރީ “ސަޕްރައިޒް” ވެޑިންއެއްގައި މިދިޔަ އަހަރުގެ ބިލްބޯޑް މިއުޒިކް އެވޯޑްސް އަށްފަހު ލާސް ވޭގަަސްގައެވެ. އަދި އޭގެ މަހެއް ފަހުން ދެވަނަ ހަފްލާއެއް ފްރާންސްގައި ބޭއްވިއެވެ.

Leave a comment

Your email address will not be published.