Thu, 28 May, 2020, 5:02 pm
އިރްފާން ޚާން މަރުވެއްޖެ
4

ބޮލީވުޑްގެ އެކްޓަރު އިރުފާން ޚާން މަރުވެއްޖެ އެވެ.

އިރްފާން، 53 މަރުވީ ކޮލޯން އިންފެކްޝަނަކާ ގުޅިގެން މުމްބާއީގައި ހުންނަ މުމްބާއީ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ މަރުވިއިރު އަތްބަނކާއި ދެ ފިރިހެން ކުދިން – ބާބިލް އަދި އަޔާން ދުނިޔޭގައި އެބަ ތިއްބެވެ. އަދި އިރުފާން މިއަދު މަރުވިއިރު އޭނާގެ މަންމަ ސައީދާ ބޭގަމް މީގެ ތިން ދުވަސް ކުރިން ވަނީ މަރުވެފަ އެވެ.

“ލައިފް އޮފް ޕައި”، “ޖުރެސިކް ވޯލްޑް” ފަދަ މަޝްހޫރު ހޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އިރްފާން ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް)އާ ހަނގުރާމަކުރަމުންދާކަން އިއުލާންކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އަހަރެއް ވަންދެން ލަންޑުގައި ވެސް ފަރުވާ ހޯދި އެވެ.

އިރްފާން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ މަހުގެ 13 ގައި ރިލީޒްކުރި “އަނގްރޭޒީ މީޑިއަމް” އެވެ. އެއީ ނެޓްސްއަށް ފަރުވާ ހޯދަމުން ބައްޔަށް ލުއިވާން ފެށުމުން މިދިޔަ އަހަރު އެނބުރި އިންޑިއާއަށް ގޮސް ކުޅުނު ފިލްމެވެ.

Leave a comment

Your email address will not be published.