Sat, 18 January, 2020, 2:44 pm
ނިދުމުގެ ކުރިން ވާހަކަފޮތެއްކިޔާލުމުން ލިބޭ ފައިދާ

އަޅުގަނޑުމެންގެތެރެއިން މަދުން ނަމަވެސް  ވާހަކަ ފޮތް ކިޔާމިހުން އުޅެމުންދާކަން ފާހަގަކޮށްލަން. ވާހަކަފޮތެއް ކިޔާލުން އަޅުގަނޑުމެންގެ ހަށިގަޑަށާއި ސިކުނޑިއަށް އެތައް ގޮތަކުން ފައިދާކުރުވާ ކަން މިވަނީ ދިރާސާތަކުންހޯދާފައި.ޚާއްސަކޮށް ރޭގަޑުގެ އަރާމު ނިދި ނިދާލުމުގެ ކުރިން ދުވާލުގެ މަސައްކަތްތަކުން ދުރަށް ޖެހިލުމަށް ވެސް މީ ހަމަ ރަގަޅުކަމެއް.

ދިރާސާތަކުންދައްކާ ގޮތުގައި ރޭގަޑު ނިދަން އޮޝޯވެލުމަށްފަހު ހިތްހަމަޖެހޭކަހަލަ ކޮންމެވެސް ފޮތެއް ކިޔާލުން ވަރަށް މުހިންމު.އަދި އޭގެ ސަބަބުން އަނެއް ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރު ވުމާއި ، އިލްމީގޮތުން އެތަށް ކުރިއެރުންތަކެއް  ލިގެންދޭ . އަދި މީހާގެ ވިސްނުން އެތަށް ގުނަޔަކަށް އިތުރުވެގެންދާއިރު  އާ ކަންކަން އުނގެނުމަށްވެސް މީ ހަމަ އެންމެ ރަގަޅު ގޮތްކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

ވާހަކަ ފޮތް ކިޔަން ވަކި ވަގުތެއް ނެތްނަމަވެސް ނިދުމުގެ ކުރިން ވާހަކަފޮތެއް ކިޔުމަކީ އިތުރު އެތައްގޮތަކުން ފައިދާތަކެއް ލިއްބައިދޭކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް މީހާގެ ސިކުނޑި ތަނަވަސްކޮށްދީ ތާޒާކޮށްދޭކަމަކަށްވާއިރު ދުވާލުގެ ވަގުތުތަކުގައި ލިބޭ ނުތަނަވަސްކަމާއި އުދާސްތައް ނައްތާލަދޭކަމެކެވެ. ޑިޕްރެޝަން އަދި އަވަހަށް ކަންކަމާއިމެދު ހާސްވާ މީހުންނަށް މިގޮތަށް ރޭގަނޑު ނިދުމުގެ ކުރިން ވާހަކަ ފޮތެއް ކިޔާލުމުން މިފަދަ ކަންކަމުން ލުއިކަމެއް ލިބޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގައި މިފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވާ މީހުންނަށް ޑޮކްޓަރުން ދޭފަރުވާއަކީ  ވާހަކަފޮތް ކިޔުމަށް ލަފާ ދިނުންކަންވެސް  ފާހަގަކޮށްލެވެއެވެ.

ނިދުމުގެ ކުރިން ވާހަކަ ފޮތް ކިޔުމަކީ މީހާގެ ކޯޓިސޮލް ލެވެލް އިތުރު ކޮށްދީ ސްޓްރެސް ފަދަ ކަންކަމުން ސަލާމްތްވެ އަވަހަށް ނިދިން ހޭލުމަށްވެސް އެހީތެރިވެދޭ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ސްޓްރެސް އަކީ މީހާގެ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭކަމަކަށްވާއިރު ސްޓްރެސްގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެ ގެސްޓްރޯއިންޓެސްޓިނަލް މައްސަލަތަކާއިވެސް ކުރިމަތިވާ މިންވަރު އިތުރުކޮށްދޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ވީމާ ފަސޭހައިން ސްޓްރެސްއާއި ދެކޮޅަށް ހަނގުރާމަކުރުމަށްވެސް މިއީ ވަރަށް ރަނގަޅުކަމެކެވެ.

ދެން ވާހަކަ ފޮތްކިޔުމުން ލިބިގެންދާ އަނެއް ފައިދާއަކީ މީހާއަށް އަވަހަށް ނިދިގެނެސްދީ އަރާމު ނިންޖެއް މީހާއަށް ލިއްބައިދިނުމެވެ. އިންސޮމްނިއާ ފަދަ މައްސަލަތަކުން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކަށް މިއީ ކުރަން ވަރަށް ރަނގަޅުކަމެކެވެ.

ވީމާ ވާހަކަފޮތް ކިޔަން ފެށުމަކީ ހޮބީއަކަށް ނުވަތަ ހުސްވަގުތުތަކުގައި ކުރަން އެންމެ ރަނގަޅު އަދި އެތައް ގޮތަކުން ފައިދާކުރުވާކަމެއްކަން އިނގޭއިރު ނިދުމުގެ ކުރިން ވާހަކަފޮތްކިޔުމަކީ އަދި ވަކިން ހާއްސަކޮށް އިތުރު ފައިދާ ގެނެސްދޭކަމެކެވެ.