އަޙްމަދު
02 June 2017
މަޤްބޫލު ޙަބަރު

1981 ވަނަ އަހަރު ޖީއޯޖިއާގެ އޯގަސްޓާގެ މަގުތައްމަތިން ހުނަރުދައްކަން ފެއްޓި ބްލެކީ ނަމަކަށް ކިޔާ ބުޅަލަކީ އާދަޔާޙިލާފް ބުޅަލެކެވެ. ބްލެކީ އަކީ އެހެން ބުޅާތަކާއި ތަފާތު ކޮށް ވާހަކަދެއްކުމުގެ ގާބިލުކަން ލިބިފައިވާ ބުޅަލެކެވެ.

މިގޮތުން ބްލެކީ ގެންގުޅޭ ފަރާތްތަކުން ވަނީ ބްލެކީއަށް  ދެ ޖުމްލައެއް ބުނުމަށް ދަސްކޮށްދީ ފަރިތަކޮށްފައެވެ. ބްލެކީ ގެންގުޅެމުންދިޔަ ކާލް މައިލްސް ނަމަކަށް ކިޔާ މީހަކާއި އެކު އާންމު ތަންތަނުގައި ބްލެކީގެ ހުނަރު ދައްކައިގެން އެ އާއިލާއިންވަނީ ގިނަ އަދަދަކަށް ފައިސާ ހޯދަން ފަށްޓައިފައެވެ.

ބްލެކީއަށް ކިޔަން ދަސްކޮށްދެވިފައިވާ ދެ ޖުމްލައަކީ ‘އައި ލަވް ޔޫ’ އަދި ‘އައި ވޯންޓް މައި މާމާ’ ކަމުގައިވީ ނަމަވެސް ބްލެކީއަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަކާއި ފައިސާގެ އަދަދު ގިނަވުމުގެ ސަބަބުން ޖިއޯޖިއާގެ ސަރުކާރަށް މަޖުބޫރުވެގެންދިޔައީ ބްލެކީ ގެންގުޅެމުންދިޔަ ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ލައިސެންސްއެއް ހޯދުމަށް އެންގުމަށެވެ.

އަދި އެގޮތަށް އަމަލުނުކޮށްފިނަމަ ބްލެކީއަށް އާންމު ތަންތަނުގައި ހުނަރު ނުދެއްކޭގޮތް ހެދިގެންދާނެކަމަށާއި، ބުލެކީއަށް ޖަލުގައި ވަގުތު ހޭދަކުރަންވެސް ޖެހިދާނެކަމަށް ޖިއޯޖިއާގެ ސަރުކާރުންވަނީ ބްލެކީ ގެންގުޅޭ އާއިލާއަށް އަންގާފައެވެ.

އެހެންނަމަވެސް ބްލެކީ ގެންގުޅެމުންދިޔަ ފަރާތުން ވަނީ ވިޔަފާރީގެ ލައިސެންސްއެއް ހޯދުމަށް އެއްބަސްވުމުގެ ކުރިން މިކަން ހުއްޓުވުމަށް ކޯޓަށް ހުށަހަޅައި ޖިއޯޖިއާގެ ސަރުކާރުގެ މި އަމުރާއި ގުޅިގެން ބްލެކީގެ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ބުނެ ދައުވާކޮށްފައެވެ.

އަދި  މައްސަލަ ބެއްލެވި ގާޒީވެސް ވަނީ ބްލެކީގެ ހުނަރުވެރިކަން ބަލާލުމަށްޓަކައި އެއްފަހަރަކު އޭނާވެސްދިޔަކަމަށް ކަމަށް ކޯޓުގައި ބުނެފައެވެ. އަދި ގާޒީވަނީ އޭނާގެ ހަޔާތުގައި އެދުވަހަކީ  ވަރަށް ހާއްސަ ދުވަހެއްކަމަށާއި، ބުޅަލަށް ދަސްކޮށްދެވިފައިވާ ދެ ޖުމްލަ ބުނުމުން އޭނާވެސް ހައިރާންވެގެންދިޔަކަމަށް  ވަނީ ބުނެފައެވެ.

haftha.mv ©