Sat, 25 January, 2020, 11:10 am
ކްރެމްލިންގެ ތެރެއިން ރަށިޔާގެ ކުރީގެ ވެރިންގެ ރޫހު މިހާރުވެސް ފެންނަ ކަމަށްވޭ

ރަޝިޔާގެ ރައީސް ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ ‘ކްރެމްލިން’ އަކީ އެގެޔެއް ހެދުމަށްޓަކައި އެންމެ ގިނަ ދުވަސްވީ އެއް ބިނާއެވެ. ކްރެމްލިން ހެދުމަށް މުޅިއަކު 800 އަހަރު ހޭދަކޮށްފައިވާ އިރު ސަލާމަތީ ގޮތުން ބަލާނަމަ ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއްބިނާއަކީވެސް ކްރެމްލިންކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ.

މުޅި ބިލްޑިންގްއަކީ ރަޝިޔާގެ ކުރީގެ ލީޑަރުން ނުވަތަ ‘ޒާރ’ އަދި ޒާރ ގެ އާއިލާތައް ދިރިއުޅުއްވުމަށް ބޭނުންކުރެއްވި ގެކޮޅުވެސްމެއެވެ. ކްރެމްލިންތެރޭގައި ދާރުލްއާސާރުފަދަ ތަންތަންވެސް ހިމެނޭއިރު މި ބިލްޑިންއަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓްއެއްވެސްމެއެވެ.

މިބިލްޑިންގް އެންމެ ފުރަތަމަ ހަދަން އަމުރުކުރިކަމަށް ވަނީ މޮސްކޯގެ ފައުންޑަރ ކަމުގައިވާ ރަޝިޔާގެ އޭރުގެ ޕްރިންސް ޔޫރީ ޑޮލޮގޮރުސްކީއެވެ. ކްރެމްލިންއަކީ ރަޝިޔާގައި ހުރި އެންމެ ދުވަސްވީ އެއް ބިލްޑިންގްއަށްވެސް ވެގެންދާއިރު މިތަން ވަނީ އެތައް ފަހަރެއްގެ މަތިން އެކިގޮތްގޮތަށް ފަރުމާކޮށް ޒަމާނާގުޅޭގޮތަށް ޑިޒައިންކުރެވިފައެވެ. 1264 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ޝާހީ އާއިލާއާއި ވެރިން ތިއްބުމަށް ހާއްސަކުރެވިފައިވާ މި އިމާރާތުގައ ބޮޑުބައެއްގައި ި 28 ކެރެޓްގެ ރަން ބޭނުންކޮށްފައިވާއިރު ބޭރަށް ފެންނަ ގޮތަށް ހުންނަަ ބޮޑު ގަޑިވެސް ތައްޔާރު ކުރެވިފައިވަނީރަނުންނެވެ.

މީގެ އިތުރުންވެސް މި އިމާރާތާއިބެހޭގޮތުން ބައެއް ފަރާތްތަކުން ވަނީ ބިލްޑިންގްގެ ތެރެއިން މަރުވެފައިވާ ކުރީގެ ރަޝިޔާގެ ބައެއް ލީޑަރުންގެ ރޫހުވެސް ފެންނަ ކަމަށް ބުނެފައެވެ.

މިގޮތުން ރަޝިޔާގެ އެންމެ މަޝްހޫރު އެއް ލީޑަރު އަދި ކޮމިއުނިސްޓް ޕާޓީގެ އެންމެ ވަރުގަދަ އެއް މެމްބަރުކަމުގައިވި ލެނިންގެ ރޫހު ކްރެމްލިން ތެރެއިން ފެންނަކަމަށް ބުނާއިރު ‘އައިވަން ދަ ޓެރިބަލް’ ނަމަކަށް ކިޔާ ވެރިއެއްގެ ރޫހުވެސް ފެންނަކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮންމެ ގޮތަކަށްވިޔަސް ކްރެމްލިންއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ރީތި އަދި އެންމެ ވަރުގަދަ އެއް ގެކޮޅުކަމާއި މެދު ޝައްކެއް ނެތެވެ.