Sat, 18 January, 2020, 1:33 pm
ގިނައަންހެނުންނަށް ބޯތަލަ ފިރިހެނުން މާރިތިވެފައި ކަމުދޭ

ބޯ ތަލަ މީހުންނަކީ ވިސްނުންތޫނު  ފިރިހެންވަންތަ އަދި ހަޔާތުގައި މާ ގިނަ ކާމިޔާބީތަށް ހޯދަމުންދާ ބައެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ބިޒްނަޒް އިންސައިޑާރއިން ބުނާ ގޮތުގައި ބޯ ތަލަ ފިރިހެނުން އަންހެނުންނަށް މާ ރީތިވެ ކަމުދާކަމަށާއި އަދި ފެންނަ ގޮތުގައި އެމީހުންނަކީ މާ ޖާނުން ވަރުގަދަ ބައެއްކަމަށްވެސް ދައްކާކަމަށް 2012 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާކަމަށެވެ.

ޔުނިވާރސިޓީ އޮފް ޕެންސިލްވީނިއާގެ ސައިންޓިސްޓްއެއްކަމުގައިވާ އަލްބާރޓް މެނެސް ވަނީ އޭނާ ކުރިއަށް ގެންދިޔަ  ދިރާސާއެއްގައި ފިރިހެނުންގެ ބޮލުގައި އިސްތަށިހުރި ފޮޓޮއަކާއި އިސްތަށި ނެތް އެހެންނަމަވެސް ހަމަ އެއްބައެއްގެ ފޮޓޯތަކެއް 59 ފަރާތަކަށް ދައްކައިގެން ކުރެވުނު ދިރާސާއިން ގިނަ ބަޔަކަށް އެންމެ ކަމުގޮސްފައިވަނީ އިސްތަށިނެތް އަދި ތަލަ މީހުންކަމަށް ދައްކުވައިދީފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހެން ދިމާވާ ސަބަބަކީ ބޯ ތަލަ ފިރިހެނުން އެމީހުންގެ ފިރިހެންވަންތަކަމާއި މެދު މާބޮޑަށް އިތުބާރު އޮންނަކަމަށާއި އަދި ކަންކަން ކުރަން ކެރޭވަރުވެސް އެމީހުންގެ މިޒާޖުގައި ބޮޑުކަމަށެވެ. ސަބަބެއްކަމަށް ދިރާސާކުރި ފަރާތުން ބުނެފައިވަނީ  ގިނަ މީހުންނަށް ބޯ އެއްކޮށް ތަލަ ކޮށްލަން ނުކެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އަދި ތަލަ ކުރަން ކެރުމުން މީހާއަކީ އެކްޓިވް އަދި ކެރޭ މީހެއްކަމަށްވެސް ދިރާސާކުރިޔަށް ގެންދިޔުމަށް ފަހު  ބުނެފައިއެވެ. އަދި ގިނަ މީހުން ދެކޭގޮތުގައި ބޯ ތަލަ މީހުންނަކީ މާ ވިސްނުންތޫނު ބައެއްކަމަށްވެސް މި ދިރާސާއިން ފާހަގަކުރެވިފައިވާކަމަށް ވެސް ވެއެވެ.

ވީމާ ބޮލުގެ އިސްތަށިގަނޑު ސްޓައިލްކުރަން ޖެހޭ އުނދަގޫތަކާއި އިސްތަށިގަނޑު ރަނގަޅު ގޮތުގައި ބެހެއްޓުމަށް ކުރަންޖެހޭ ކަންތައް ހަދާން ނައްތާލައި ބޯ ބޭލުމުންވެސް ވަކި މާ ބޮޑު ގެއްލުމެއް ނެތެއްނޫންތޯ؟