Sat, 18 January, 2020, 1:35 pm
މީހުންނާއި ވާހަކަދައްކަން ބޭނުންނުވާތީ ލޯފަން މީހަކަށްވެގެން 28 އަހަރު ހޭދަކުރި

ސްޕެއިންގެ ރައްޔިތެއްކަމުގައިވާ ކާމެން ހިމެނެޒް މީހުންނާއި ވާހަކަދައްކާހިތްނުވާތީ  28 އަހަރުވަންދެން ލޯފަން މީހެއްކަމަށް ހެދިގެން އުޅެފިއެވެ. އޭނާ ވަނީ މީގެ 28 އަހަރުކުރިން އޭނާގެ ލޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ލޮލަށް ނުފެންނަ ކަމަށް އޭނާގެ އާއިލާއާއި އެހެން މީހުންކައިރީގައި ބުނެ ލޮލަށް ނުފެންނަ މީހެއްގޮތަށް ދިރިއުޅެން ފަށައިފައެވެ.

އަދި އެއަންހެންމީހ އެހެންއުޅެމުންގެންދާތާ 28 އަހަރުަފަހުންވަނީ  އޭނާއަށް އަބަދުވެސް ލޮލަށްފެންނަކަމަށް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އޭނާގެ އާއިލާއިން ހައިރާންވެފައިތިބިއިރު ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ އޭނާ މިފަދަ ގޮތަކަށް އެންމެންނަށް އޮޅުވާލުމާއި ގުޅިގެންނެވެ.

ކާމެން އަކީ އެންޓި ސޯޝަލް މީހެއްކަމަށް އޭނާ ބުނާއިރު އޭނާ ލޯފަންކަމަށް ހެދިގެން އުޅުނީ މީހުންނާއި ވާހަކަދައްކަން ބޭނުންނުވާތީ ކަމަށް އޭނާވަނީ ކިޔައިދީފައެވެ. އަދި އޭނާގެ އާއިލާއިން ވެސް ވަނީކާމެން އަށް ކޮންމެވެސް ވަރަކަށް ފެންނަކަމަށް އޭނާގެ ފިރިމީހާ ކިޔައިދީފައިވާކަމަށް ބުނެފައެވެ.

ކާމެން ބުނެފައިވަނީ  އޭނާ މިގޮތަށް ކަންތައްކުރީ މަގުމަތިން ދިމާވާ މީހުންނާއި ބައެއްފަހަރު ވާހަކަދައްކަން ޖެހޭތީ އާއި އަދި މިއީ އޭނާ ވަރަށް ކުރާ ހިތްނުވާކަމެއްކަމަށެވެ.

ކަމެން އަށް ލިބުނުކަމަށްބުނާ އަނިޔާއަށްފަހު ލޯފަން މީހެއްކަމަށް ރެޖިސްޓްރީ ކުރުމުން އޭނާއަށް ވަނީ ސަރުކާރުގެ ފަރާތުން ހާއްސަ އެހީގެ ގޮތުގައި ފައިސާވެސް ލިބިފައެވެ.

އަދި މިހާރު އޭނާގެ ލޮލަށް ފެންނަކަން ކަމާއިބެހޭ ފަރާތްތަކަށް އެނގުމުން އެފަރާތްތަކުން ދަނީ ކާމެންއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އަދި އޭނާގެ އާއިލާއިންވެސް ދަނީ އެމީހުންނަށް މިހުރިހާ ދުވަހު މަކަރުހަދައި އޮޅުވާލައިގެން އުޅުނީތީވެ ކާމެންގެ ފަރާތުން މިކަމުގެ ސަބަބު އޮޅުންފިލުވުމަށް މަސައްކަތްކުރަމުންނެވެ.