އަޙްމަދު
13 June 2017
މަޤްބޫލު ޙަބަރު

އަޅުގަނޑުމެންގެ ތެރެއަށް ކުއްލިއަކަށް އާންމުވެގެންއުޅޭ ފިޖެޓް ސްޕިނާރ އަކީ ގިނަ ބަޔަކަށް ހާސްކަމާއި ސްޓްރެސްއިން ފަސޭހަވެގަތުމަށް އެންމެ ފަސޭހަ އެއް ގޮތަށް ވަނީ ވެފައެވެ. ހަގީގަތަކީ ސްޓްރެސް އަދި އެންޒައިޓީ ނުވަތަ ހާސްކަން ކުރިމަތިވާ މީހުންނަށް އެހީތެރިވެދޭ ގުރޫޕުތަކުން ފިޖެޓް ސްޕިނާރ ބޭނުންކޮށްގެން މިކަންކަމާއި ދެކޮޅަށް މަސައްކަތްކުރަމުންދާތާ އެތައް ދުވަސްތަކެއްވެފައިވާކަމެވެ. އެހެންނަމަވެސް އާންމުންގެ ތެރެއަށް ފިޖެޓް ސްޕިނާރއާއި އޭގެން ލިބޭ މަންފާތައް ފާޅުވެފައި މިވަނީ ވަރަށް ފަހުންނެވެ.

ފިޖެޓް ސްޕިނާރ އަކީ އޭޑީއެޗްޑީ، އޭއެސްޑީ އަދި އެޓެންޝަން ޑިސްއޯޑާރ ކަހަލަ އެކި އެކި ނަފްސާނީ މައްސަލަތައް ހުންނަ ފަރާތްތަކަށް އެހީތެރިވެދޭ އެއްޗެއްކަމަށް ތަޖުރިބާކާރުން ބުނާއިރު، މިހެން މިވަނީ ކީއްވެގެންބާއެވެ. އެންމެ ފަސޭހަ ޖަވާބަކީ، ފިޖެޓް ސްޕިނާރއިން މީހާގެ ސިކުނޑި ވިސްނުންތަކާއި ދުރުކޮށްލަދޭއިރު މީހާގެ ބޮލުގައި ހުންނަ ހާސްކަންތަކާއި ވިސްނުންތައް ނައްތާލަދީ މީހާގެ ސަމާލުކަން ދަމައިގަންނަ އެއްޗަކަށްވާތީއެވެ.

ކިޔަވާ ކުދިންގެ އިތުރުން ބުރަކޮށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ފިޖެޓް ސްޕިނާރގެ މަންފާތައް އޭތި ގެންގުޅުމުން ފެނިގެންދާއިރު ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މިއި ކުއްހީއެކެވެ. މިގޮތަށް ވިސްނޭ ހަމައެކަނި ސަބަބަކީ މީހާގެ ވިސްނުމުގައި މިގޮތަށް ފިޖެޓް ސްޕިނާރއިން ސްޓްރެސް ދުއްވާލަދޭކަމަށް ވިސްނިފައި އޮންނާތީއެވެ. އެކަމަކު ފިޖެޓް ސްޕިނާރއިން ސްޓްރެސް ދުއްވާލަދޭކަމަށް ބޭނުންކުރާ ފަރާތްތަކުންނާއި ޑޮކްޓަރުންނާއި ތަޖުރިބާކާރުންވެސް ބުނާއިރު މިއީ ހަގީގަތަކަށް ނުވެދާނެބާ؟ ހަގީގަތް އިނގޭނެ އެއްވެސް ގޮތެއްނެތްބާއެވެ؟

haftha.mv ©