އަޙްމަދު
14 June 2017
މަޤްބޫލު ޙަބަރު

ގޭސްޓްރައިޓިސް އަކީ ވަރަށް ވޭންހުރި އަދި އެހާމެ މީހާ ލަދުވެސް ގަންނަވާލާކަމެކެވެ. ވަކިން ޚާއްސަކޮށް ރޯދަމަހުގައި ބައެއް ފަރާތްތަކަށް މިފަދަ މައްސަލަތަކާއި ކުރިމަތިވާއިރު މިއީ ވަރަށް ފަސޭހައިން ހައްލުވެސް ކޮށްލެވިދާނެކަމެކެވެ.

އެންމެ ފުރަތަމަ ކުރެވިދާނެ އެންމެ ފަސޭހަކަމަކީ ގޭސްވާފަދަ ކާނާ ކެއުމުގައި ނުވަތަ ރޯދަވީއްލާގަޑީގައި ހެސްކިޔާފައިނުކެއުމެވެ. ޚާއްސަކޮށް މޭވާ އާއި ތަރުކާރީގެ ބާވަތް ތަކުގެ ތެރެއިން އާފަލު، ބްރޮކޮލީ، ބްރަސެލްސް ސްޕްރައުޓް  ފިޔާފަދަ ގޭސްޓްރައިޓިސްއާއި ކުރިމަތިކުރުވާ ކާ އެއްޗިއްސާއި ދުރުވުމެވެ. މީގެ އިތުރުން ވެސް ކިރު، ޗީޒް އަދި އައިސް ކްރީމްއާއިވެސް ދުރުވާންޖެހެއެވެ.  މި ދެންނެވުނު ކާއެއްޗިއްސަކީ ފަސޭހައިން ގޭސް އުފެދުމަށް މެދުވެރިކުރުވާ ކަހަލަ ބައެއް ކާނާތަކެކެވެ.

ދެން ކުރެވިދާނެ އަނެއްކަމަކީ ކެއުމުގެ 30 ވަރަކަށް މިނެޓުކުރިން ކޮންމެވެސް ވަރަކަށް ފެންބުއިމެވެ. ރޯދަ ވީއްލާގަޑީގައި މިކަން މިގޮތަށް ނުކުރެވުނުކަމުގައިވިޔަސް އެހެން ކާ ގަޑިތަކުގައި ކެއުމުގެ 30 މިނެޓު ކުރިން ދެ ތިން ފެންތަށި ބުއިމުން މީހާގެ ގޮހޮރު ސާފުކޮށްދީ ކާއެއްޗިހި ހަޖަމުކުރުމަށް ތައްޔާރުކޮށްދޭއިރު ބަނޑުގައި ހުންނަ އެސިޑްތައްވެސް މަދުކޮށްދޭނެއެވެ. ސިނގިރޭޓް ނުވަތަ ޗުވިންގް ގަމް ކެއުމަކީވެސް މީހާ ގޭސްކުރުވާ ކަންކަމެކެވެ. އަދި  ދިޔާ އެއްޗިހި ބުއިމުގައި ހޮޅި ބޭނުންކުރުމަކީވެސް ރަގަޅުކަމެއް ނޫނެވެ.ސަބަބަކީ  ގޮހޮރަށް ވައިވަނުމުގެ ބޮޑު ފުރުސަތެއް އޮތުމާއިއެކު މިއީ ގޭސްޓްރައިޓިސްވުމުން ސަލާމަތްވުމަށް ވެސް އޮތް ކުޑަ ހައްލެކެވެ.

ލަސްލަހުން ކައިބޮއެ ހެދުމަކީވެސް ގޭސްޓްރައިޓިސްއިން ސަލާމަތްވުމަށް ކުރެވިދާނެކަމެއްކަމަށް ތަޖުރިބާކާރުން ބުނާއިރު ހަމަޖެހިގެން ކެއުމުން މީހާގެ ހަށިގަނޑަށް އެތެރެވާ ކާއެއްޗިހި ވަކިކޮށް އަދި ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ. މި ދެންނެވުނު ކަންކަމަކީ ރޯދަ ވީއްލާ ގަޑި އަދި އެހެން ގަޑިތަކުގައިވެސް ގޭސްވުމުން ސަލާމަތްވުމަށް ކުރެވިދާނެ ފަސޭހަ ބައެއް ކަންކަމެވެ.

haftha.mv ©