Sat, 18 January, 2020, 1:33 pm
އަތްފައި ބަނދެ ކޯރަކަށް އެއްލައި މަރާލި ކުޑަކުއްޖާއަށް އިންސާފު ނުލިބި ތިރީސް އަހަރު

 ފްރާންސްގައި ކުޑަކުއްޖެއްގެ އަތާއިފައި ބަނުމަށްފަހު ކޯރަކަށް އެއްލައި މަރާލި ހާދިސާގައި ތުހުމަތުކުރެވޭ ތިން މީހަކާއި ސުވާލުކުރުމަށް ފުލުހުން އެމީހުން ހައްޔަރުކޮށްފިއެވެ.

މީގެ ތިރީސް އަހަރު ކުރިން ހިގާފައިވާ މި ހާދިސާއާއި ގުޅިގެން ފުލުހުން ތަހްގީގު ކުރިޔަށް ގެންދާއިރު  މިކަންކުރީ އަސްލު ކޮންބައެއްކަމެއް  ފުލުހުންނަށް އަދިވެސް ހޯދިފައެއްނުވެއެވެ. ފުލުހުންގެ ތަހްގީގަށް ހައްޔަރުކުރެވުނު ތިން މީހުންނަކީވެސްއެކުޑަކުއްޖާގެ ގާތްތިމާގެ  މީހުންކަމަށް ވަނީ ހަބަރުލިބިފައެވެ.

16 އޮކްޓޯބަރ 1984ގައި ގްރެގޮރީ ވިލެމިން ނަމަކަށްކިޔާ މި ކުޑަ ކުއްޖާ ހަތަރެސް ފައި ބަނުމަށް ފަހު ކޯރަށް އެއްލާލުމުން މަރުވެފައި އޮތް ހަށިގަނޑު ފްރާންސްގެ ވޮލޯން ކޯރުން ނެގިތާ މާގިނައިރުތަކެއް ނުވަނީސް  އެ ކުއްޖާ ވަގަށް ނަގާފައިވާ ކަމަށްބުނެ އެކުއްޖާގެ ބޮޑުބޭބެއަކަށް މީހަކު ގުޅަފައިވާކަމަށް ވެއެވެ.

އަދި ޖެހިގެން އައި ދުވަހު އެ ކުއްޖާގެ މަންމައާއި ބައްޕައަށް ލިބުނު ސިޓީއެއްގައި ވަނީ އެ ކުއްޖާ މަރާލައިފައިވާކަމަށާއި އަދި އެންމެ ފަހުން ބަދަލު ހިފިއްޖެކަމަށްވެސް ބުނެފައެވެ.އެ ކުއްޖާ މަރާލުމަށް ފަހު  އެއްލާލާފައިވަނީ އެކުއްޖާގެ ގެއާއި ކަރިރި ހިސާބެއްގައި އޮތް ކޯރަކަށެވެ.

މި ހާދިސާގެ ތުހުމަތުގައި މި ކުއްޖާގެ މަންމައާއި ބައްޕަވެސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ ދެމަފިރިން ޖަލުން މިނިވަންކޮށްފައިވާއިރު  އެ ދެމަފިރިން ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެވުނީ އޮޅިގެންކަމަށް ބުނެ އެދެމަފިރިން ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގެ ބަދަލުގެ ގޮތުގައި ފައިސާވެސް ލިބިފައެވެ.

ިކުޑަ ކުއްޖާގެ މަރުގެ މައްސަލައަކީ ފްރާންސްގައި މިހާތަނަށް ހަގީގަތް ހޯދިގައިނުވާ  އެންމެ ބޮޑު އެއް ހާދިސާއެވެ. އެހެންނަމަވެސް ހާދިސާ ހިނގި ދުވަސްވަރު ލިބެން ނެތް ޑީއެންއޭ ފަދަ ޓެކްނޮލޮޖީން ހޯދުނު ހޯދުންތަކެއްގެ އަލީގައި އެމައްސަލައިގައި އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފްރާންސްގެ ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.