Sat, 18 January, 2020, 1:33 pm
ގޭގައި ގަސް އިންދުމުން ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސްވޭ

ގޭގައި ގަސް އިންދުމަކީ ރާއްޖޭގެ ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެހާމެ ފައިދާހުރި ފަސޭހަކަމަކަށް މިކަން ވެގެންދާއިރު ރާއްޖެ ފަދަ  ކުޑަ ކުޑަ ގައުމެއްގައި މިކަމުގެ ފައިދާތައް އިންތިހާއަށް އިތުރުވެގެންދާނެއެވެ.

ރާއްޖޭގެ އެހެން ރައްތަކެކޭ ތަފާތުކޮށް  މާލެއަކީ ވައިނުސާފު ތަނެކެވެ. ގޭގެ ގޯތިތެރޭގައ ނުވަތަ ބެލްކަނީގައި ނުވަތަ ޓެރަސްމަތީގައިި ގަހެއް  ނުވަތަ ގަސްތަކެއް އިންދުމަކީ ގޭތެރޭގެ ވައިސާފުކޮށްދީ ގޭތެރޭގެ އުފާވެރިކަން އިހްސާސްކުރެވޭ މުހިންމު ކަމެކެވެ.

ނާސާއިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ވައިގެ ފެންވަރު ރަނގަޅުކޮށް ވައި ސާފްކުރުމަށް ޓަކައި އެ ސްޓޭޝަންގައި ގަސް ބަހައްޓާކަމަކީ ހަގީގަތެކެވެ. ގަސްތަކުން ވައިސާފުކޮށްދޭ ސަބަބަކީ ގިނަ މީހުންނަށްވެސް އެނގޭގޮތުގައި ގަސްތަކުން ކާބޮންޑައިއޮކްސައިޑް އެތެރެކުރުމަށްފަހު އޮކްސިޖަން ބޭރުކުރާތީއެވެ.

ގަސްތަކުން  މޭވާ ލިބިގެންދާއިރު ފޮޅިފައިހުންނަ ރީތި މާތަކުގެ ސަބަބުން  ލިބިގެންދާ އުފާވެރިކަމާއި ހިތްހަމަޖެހުން އެހާމެ ބޮޑެވެ. މިގޮތުން ލުނބޯ ، މިރުސް ގަސް ފަދަ ތަކެއްޗަކީ ރާއްޖޭގައިވެސް ފަސޭހައިން ހައްދާލެވޭ ތަކެއްޗެވެ.

 ގޭގައި ގަސް އިންދުމުގެ ފައިދާތަކުގެ ތެރެއިން މިންޓް، ލެމަންގްރާސް އަދި ބޭސިލް ފަދަ ގަސްތަކުން އެކިވައްތަރުގެ ކުދި ސޫފިތަށް ގެއާއި ދުރުކޮށްދޭކަމަކީވެސް ފާހަގަކޮށްލެވޭ މުހިންމު ފައިދާއެކެވެ.