.
04 December 2018
މަޤްބޫލު ޙަބަރު

ލެޓިއުސްއަކީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ފެށިގެންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ފަތުގެ ބާވަތެކެވެ. އެގޮތުން ތަފާތު ވައްތަރުގެ ސެލެޑާއި ބާގާ އަދި ސޭންޑުވިޗު ފަދަ ތަކެތި ތައްޔާރު ކުރުމަށް ލެޓިއުސް ބޭނުން ކުރެ އެވެ.

ސިއްހީ ގޮތުން ވެސް އެތަކެއް ފައިދާ ތަކެއް ލިއްބައިދޭ، އެ ފަތަކީ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ ފަތެއް ކަމަށްވެ އެވެ. ސަބަބަކީ އެއީ ކެލޮރީ ދަށް އަދި ފެޓާއި ކޮލެސްޓުރޯލްވެސް އެކުނުލެވޭ ފަތެއް ކަމުގައި ވާތީ އެވެ.

ހަމައެއާއެކު، ލެޓިއުސްއަކީ ގިނަ އަދަދަކަށް ފެން ވެސް އެކުލެވޭ ފަތެކެވެ. އެގޮތުން ކިއުކަމްބާއެއްގައި އެކުލެވޭ މިންވަރަށް އައިސްބާގު ލެޓިއުސްއެއްގައި ވެސް ފެން އެކުލެވޭ ކަމަށްވެ އެވެ.

އޭގެ އިތުރުންވެސް ލެޓިއުސް އަކީ ބްލަޑު ޝުގަ ރެގިއުލޭޓުކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މައްދާތައް ކަމަށްވާ ވިޓަމިން އާ އަދި ސީ އިން މުއްސަނދި ވެފައިވާ ފަތެކެވެ.

އެހެންކަމުން ހެނދުނުގެ ނާސްތާ އާއި މެންދުރު އަދި ރޭގަނޑުގެ ކެއުމުގައި ކެލޮރީ ހައި ކާނާ ކެއުން މަދުކޮށް ލެޓިއުސް އިން ތައްޔާރުކޮށްފައި ހުންނަ ސެލެޑެއް ފަދަ އެއްޗެއް ކެއުން ވަރަށް ރަނގަޅުވާނެ އެވެ.

haftha.mv ©