.
07 December 2018
މަޤްބޫލު ޙަބަރު

ލޮލަކީ އިންސާނާގެ ރީތިކަން ދައްކުވައިދޭ އެއް ގުނަވަނެވެ. އަދި އެ ލޮލަށް ފުރިހަމަކަން ގެނެސްދޭ އެކައްޗަކީ ލޮލުގެ ވަށައިގެންވާ އެސްފިޔަތަކެވެ. އެ އެސްފިޔަތަށް ދިގު ނަމަ ލޮލަށް އިތުރު ފުރިހަމަކަމަކާއި ރީތިކަމެއް ލިބިގެން ދެ އެވެ.

ބައެއް މީހުންނަކީ ގުދުރަތީ ގޮތުން ވެސް ދިގު އެސްފިޔަތަކެއް ލިބިފައިވާ ބައެކެވެ. އަނެއް ބައި މީހުންނަކީ އެފަދަ ނަސީބެއް ލިބިފައިވާ ބައެއް ނޫނެވެ. އެހެންނަމަވެސް ދެރަވާކަށް ނުޖެހެ އެވެ. އެސްފިޔަ އަކީ ގުދުރަތީ ބައެއް ބާވަތްތައް ބޭނުންކޮށްގެން ދިގުކޮށްލެވިދާނެ އެއްޗެކެވެ. އެގޮތުން އެ ފަދަ ބައެއް ބާވަތްތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

އޮލިވް އޮއިލް އާއި ކާސްޓަ އޮއިލް

އެއް ތިކި އޮލިވް އޮއިލް އާއި އެއް ތިކި ކާސްޓާ އޮއިލް އެއްކޮށްލާށެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން އެ މިކްސްޗާ ލޮލުގެ އެސްފިޔަތަކުގައި ހާކާލާށެވެ. އަދި ހެނދުނު ހޭލައިގެން ދޮވެލާށެވެ. ކޮންމެ ދުވަހަކު މިޓުރީޓުމަންޓު ނަގާށެވެ.

ލުނބޯ ތޮށްޓާއި އޮލިވް އޮއިލް

ލުނބޮލެއްގެ ތޮށި ކުދިކުދިކޮށް ކޮށާލާށެވެ. އަދި އެ ތޮށިތައް އޮލިވް އޮއިލް ކޮޅަކަށް އަޅައި ދެތިން ދުވަސް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ލޮލުގެ އެސްފިޔަތަކުގައި އެ ތެޔޮ ހާކާލާށެވެ.

ވިޓަމިން އީ ކެޕްސިއުލް

ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ލޮލުގެ އެސްފިޔަތަކުގައި ވިޓަމިން އީ ކެޕްސިއުލްގައި ހުންނަ ތެޔޮ ހާކާށެވެ.

haftha.mv ©