މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކާއެއްޗެއް ވެއްޖެއްޔާ އައިސް އަލަމާރީގައި ބަހައްޓާ މީހުން ވަރަށް ވެސް ގިނައެވެ. ބުނެ އުޅޭތީ އަހަމެވެ. އައިސް އަލަމާރިއަށް ލީމަ އެއްޗެހި ކުންފުންޏެއް ނުވަތަ ހަލާކެއް ވެސް ނުވާނެއެވެ.

ނަމަވެސް އިނގޭ ހެއްޔެވެ. ބައެއް ބާވަތްތަކުގެ ކާތަކެއްޗަކީ އައިސް އަލަމާރިއަށް ލުން އެއްގޮތަކަށް ވެސް ރަނގަޅު އެއްޗިއްސެއް ނޫނެވެ. އެއީ ނުރަނގަޅު އާދައެކެވެ. އެގޮތުން އެފަދަ ބައެއް ކާތަކެއްޗަށް މި ލިޔުމުގައި ބަލައިލާނަމެވެ.

އަނބު އަދި ކަރާ

އައިސްއަލަމާރިއަށް އަނބު ލާނަމަ ލާންވާނީ ދޮންވެ ފައްކާވީމައެވެ. އަދި އަލަމާރިއަށް ލުން ރަނގަޅީ ކޮށާލުމަށްފަހު މަތި ޖެހި ތަށްޓަކަށް އަޅައިފައެވެ.

ކަރާ ވެސް އައިސްއަލަމާރިއަށް ލާނަމަ އޭގެ ތަޒާކަން ގެއްލެއެވެ. އަދި އެއީ އޭގައި އެކުލެވޭ ނިއުޓްރިޝަނަލް ލެވެލް ވެސް ދަށްވާ ކަމެކެވެ.

ދޮންކެޔޮ އަދި ފަޅޯ

ދޮންކެޔޮ އަލަމާރިއަށް ލައިފިނަމަ އޭގައި އެކުލެވޭ ޓިޝޫތައް ބަލިކަށިވެއެވެ. އަދި އޭގައި އެކުލެވޭ ޑައިޖެސްޓިވް އެންޒައިމްތައް އޭގެ ސެލްތަކުން ލީކުވެއެވެ. ދޮންކެޔޮ އައިސް އަލަމާރިއަށް ލުމުން ކަޅުވަނީ އެހެން ވެގެންނެވެ.

ފަޅޯ ވެސް އައިސް އަލަމާރިއަށްލުން އެންމެ ރަނގަޅީ ދޮންވެ ފައްކާ ވުމުންނެވެ. އެހެންނަމަވެސް އެހައި ގިނަ ދުވަހު އައިސް އަލަމާރީގައި ބަހައްޓައިފިނަމަ، އޭގެ އަސްލު ރަހަ ގެއްލި ކުލައަށް ބަދަލު އަންނާނެ އެވެ.

ފިޔާ އަދި ލޮނިމެދު

ފިޔާ ބަހައްޓަން އެންމެ ރަނގަޅީ ވައިދަރުވާ ފިނި ނޫން ތަނެއްގައެވެ. އަދި ފިޔާ އައިސް އަލަމާރިއަށް ލައިފި ނަމަ ފިޔަލުގެ އަސްލު ހަރުކަން ގެއްލި މަޑު ވާގޮތްވެއެވެ.

ލޮނުމެދު ވެސް އައިސް އަލަމާރިއަށް ލައިފިނަމަ އޭގެ އުމުރު ކުރުވެ ހަލާކުވާ ގޮތްވެއެވެ. އެހެންވެ ލޮނުމިދު ބަހައްޓަން ވާނީ ފިނި ނޫން ތަނެއްގަ އެވެ. އަދި ލޮނުމެދު ހަލާކު ނުވެ ގިނަ ދުވަހު ބަހައްޓަން ބޭނުންނަމަ މަތި ބަންދު ކުރި ފުޅިއަކަށް ނުވަތަ ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.

haftha.mv 2004 ©