.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ހަކުރުބަލީގެ ބައެއް ވައްތަރު ޖެހުމުން ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަކޮށް ދެއެވެ. އަދި އަންހެނާ އަށް ޖިންސީއެދުމުގެ އެންމެ މަތީ ލައްޒަތާއި ހަމައަށް ވާސިލްވުމަށް ނަގާ މުއްދަތު ދެމިގެންދެއެވެ. މިދެކަމުން ދުރުހެލިވުމަށް ކަސްރަތު ކޮށްގެންނާއި، ކެއުން ވަކިގޮތަކަށް ބަދަލުކޮށްގެންނާއި އަދި ގުޅަބޭސް ނުވަތަ އިންސިއުލިން ބޭނުންކޮށްގެން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދިނުން މުހިންމެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ހަކުރުގެ މިންވަރު ލޭގައި ދިގު މުއްދަތަކަށް މަތިވެގެންދާ ހިނދު ޖިންސީ ކުޅެދުންތެރިކަމަށް އަސަރުކުރާ ފަދަ ކަންތައްތައް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ޖިންސީގުނަވަނަށް އައިސްފައިވާ ނާރުގައި ފައިބަރަސް ޓިޝޫ އުފެދުން، ޖިންސީގުވަނަވަނަށް ލޭ ފޮނުވައިދޭ ލޭނާރުގައި އުނިކަމެއް ހުރުން ނުވަތަ ކުރުގެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅޭކަމަށް މިދިރާސާތަކުގެ އަލީގައި ފާހަގަ ކުރެވިފައިވެއެވެ.

ދެން އޮތް ސުވާލަކީ ހަކުރު ބަލީގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅޭ ހެއްޔެވެ؟

މިއީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. މިކަން ދިމާވަނީ ހަކުރުބަލި ޖެހުމުން ކުރިމަތިވާ އެހެނިހެން ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސިފައިގައެވެ. މިކަންކުރިމަތިވަނީ ދަރިފަނި ބޭރުނުވެ އަބުރާ މަސާނާއަށް ދިއުމުންނެވެ. މިހާލަތުގައި އެތެރެއަށް މަނިބޭރުވެއެވެ. ނަމަވެސް ބޭރަށް ވާސިލްނުވާތީ އަނބިމީހާ ބަލިވެއެއް ނުއިންނާނެއެވެ. މިހާލަތުގައި ކުޑަކަމުދާ ތަކެއްޗާއެކު މަނިތައް ބޭރުވެއެވެ.

މީގެއިތުރުން ލޭގެ ޕްރެޝަރ މަތިވުންމުން ވެސް ދެމަފިރިކަމުގެ ގުޅުމަށް އަސަރުކުރެއެވެ. މިގޮތުން އަސަރު ކުރަނީ ލޭގެ ޕްރެޝަރ މަތިވެގެންނެއް ނޫނެވެ. އެކަމު ލޭގެ ޕްރެޝަރ ހުންނަ މީހުންނަށް ދީ އުޅޭ ބޭސްތަކުގެ ސަބަބުންނެވެ. މީގެ ވަރަށްގިނަ ބޭސްތަކުގެ ސަބަބުން ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަކޮށްދެއެވެ.

ހަމަމިހެން ލޭގެ ޕްރެޝަރ މަތިވުން ނުވަތަ އެހެންވެސް ބައްޔެއް ހުރުމަކީ ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަކޮށްދޭނޭ ކަންކަމެވެ. އެއީ މިފަދަ ބަލިތަކުގެ ސަބަބުން ނަފްސާނީ ގޮތުން މީހާ އަށް އެކަމުގެ އަސަރު ފޯރާތީ އެވެ.

haftha.mv 2004 ©