Thu, 28 May, 2020, 12:25 pm
ގުގުރިދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނގަޅު ގޮތް
0

ނިދީގައި ގުގުރިދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނަގަޅު ގޮތަކީ ނިދާއިރު އަރިއަކަށް އޮވެގެން ނިދަން އާދަ ކުރުމެވެ.

އުއްޑުން އޮވެނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެކެވެ. އަދި ނިދާއިރު ބޯލާކޮޅު އުސްކޮށްގެން ނިދާށެވެ. މިގޮތުން ބޯދަށަށް އިތުރު ބާލީހެއް ލެވިދާނެއެވެ. ހަމައެއާއެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ނިދާބޭސް ބޭނުން ކުރުން މުޅިން ހުއްޓާލާށެވެ.

މިހުރިހާ އެއްޗަކީވެސް ނިދުމުގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑުކުރާ އެއްޗިއްސެވެ. އެއީ މިހުރިހާ އެއްޗިއްސަކީ ވެސް ނިދާއިރު ނޭވާހޮޅި ހިމަކުރުވާ އެއްޗިއްސެވެ. ވީމާ މާބަނޑު ދުވަސް ވަރު އެއްގޮތަކަށް ވެސް މިއިން އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. އަދި ގޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކު އުޅޭނަމަވެސް ގޭގައި އެކަން ނުކުރުމަށް އެދޭށެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރާމީހެއްގެ ގާތުގައި ހުރުމަކީ ވެސް ދުންފަތުގަ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގައި ހިއްސާވާ ކަމަކަށްވާތީއެވެ.

މިހުރިހާ ކަމެއްގެ އިތުރުން ބަލިވެއިނުމުން ނިދީގައި ގުގުރި ދަމާމީހަކުނަމަ ކޮންމެހެން ބަރުވާންޖެހޭ މިންވަރަށްވުރެ އިތުރަށް ހަށިގަންޑު ބަރުވިޔަ ނުދީވޭތޯ ބަލާށެވެ. އެއީ ހަށިގަނޑު ބަރުވުމަކީވެސް ގުގުރިދެމުން އިތުރުވާ ކަމެކެވެ.