Thu, 28 May, 2020, 1:30 pm
ފައިބާ ގިނަ ކާނާ ކޮންމެ ދުވަހަކުވެސް ކެއުން ވަރަށް މުހިއްމު!
0

ފައިބާ އަކީ ހަޖަމު ކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަމަށް ވަރަށް ވެސް މުހިއްމު މާއްދާ އެކެވެ. އެގޮތުން ބޮޑުކަމުދިއުމަށް އެހީތެރިވެދޭ އެއް މާއްދާއަކީ ވެސް ފައިބާއެވެ. އޭގެ އިތުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ރަނގަޅު ކުރުމަށް އަދި ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދިނުމަށް ވެސް ފައިބާ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ.

ފައިބާ އެކުލެވޭ ބައެއް ކާނާތަކުތެ ތެރޭގައި ބާރްލީ އާއި އޯޓްސް، ހޯލް ގުރެއިން ސީރިއަލް، ހޯލް ގުރެއިން ޕާސްތާ ހިމެނެއެވެ. އޭގެއިތުރުން އެކި ބާވަތުގެ ބެރީސް އަދި އޮރެންޖާއި މެލަން އަކީވެސް ފައިބާ އިން މުއްސަނދިވެފައިވާ މޭވާތަކެކެވެ.

ތަރުކާރީތަކުގެ ތެރޭގައިވެސް ފައިބާ އިން މުއްސަނދިވެފައިވާ ގިނަ ބާވަތްތަކެއް ހިމެނެއެވެ. އޭގެތެރޭގައި ކެރެޓް، އަލުވި، ބީންސް، އަދި ޕިއާސް އާއި ޕަލްސަސް ފަދަ ތަކެއްޗަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ކާނާ އެވެ.

ހަމައެންމެ، ބްރޯކޮލީ އާއި ލެޓިއުސް އަދި ސްޕިނެޗު ފަދަ ފަތްތަކަކީ ވެސް ފައިބާ އެކުލެވޭ ފަތުގެ ބާވަތްތަކެވެ.

މި ލިޔުމުގައި މި ހިމަނާލި ފައިބާ އިން މުއްސަނދިވެފައިވާ ކާނާ ތަކަކީ ފަސޭހަކަމާއެކު ބާޒާރުން ލިބެން ހުންނަ ކާނާތަކެވެ. އަދި އޭގެ ތެރެއިން ގިނަ ބާވަތްތަކަކީ އާއްމުކޮށް ހެޔޮ އަގުގައި ވެސް ލިބެން ހުންނަ ބާވަތްތަކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކުވެސް، ފައިބާ އެކުލެވޭ ކާނާތައް  ކެއުމުގައި ހިމަނަމާ ހިނގާށެވެ.