Thu, 28 May, 2020, 12:24 pm
ލޮލުގެ ދުޅަހެޔޮކަމަށް ޓޮމާޓޯ ޖޫސް!
0

ޓޮމާޓޯ ޖޫހުގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓީން، ލޫޓީން އަދި ޒީއަޒަންތިން ފަދަ ލޮލުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ މުހިއްމު ފައިޓޯނި އުޓްރިއެންޓްސް އެކުލެވެއެވެ. އެހެންކަމުން ވިޓަމިންސީން ވެސް މުއްސަނދިވެފައިވާ އެ ޖޫސް ވެފައިވަނީ ލޮލުގެ އެތަކެއް މައްސަލަތަކަށް ހުރި ފަރުވާއެއް ކަމަށެވެ.

އެގޮތުން ކެޓަރެކްޓް ނުވަތަ ލޯ ފުސްވުމުގެ މައްސަލަ ތަކަށާއި އުމުރުން ދުވަސްވުމުގެ ސަބަބުން ވެސް ލޮލަށް ދިމާވާ އެހެނިހެން ގިނަ މައްސަލަތަކުން ރައްކާތެރިކަން ހޯދައި ދިނުމަށް ޓޮމާޓޯ ޖޫސް އެހީތެރިވެދެއެވެ.

އޭގެއިތުރުން ވެސް، ޓޮމާޓޯ ޖޫހަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ޖޫހެއްކަމުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް ކޮލެސްޓްރޯލް ނުވަތަ “ބޭޑް” ކޮލެސްޓްރޯލް ނައްތާލާ ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް ވެސް އެ ޖޫސް އެހީތެރިވެދެއެވެ.

ހަމައެހެންމެ، ހިތުގެ ދުޅަހެޔޮ ކަމަށާއި ހަށިގަނޑު ސާފުކޮށް ކުރުމަށް ވެސް ޓޮމާޓޯ ޖޫސް ބޭނުން ކުރެވިދާނެއެވެ. އަދި، ބޮޑުކަމުދާން އުނދަގޫވާ މައްސަލައަށް ހައްލެއް ހޯދުމަށާއި ހަޖަމު ކުރުމުގެ ނިޒާމުގެ އެހެނިހެން މައްސަލަތަކަށް ފަރުވާ ކުރުމަށް، ކޮންމެ ދުވަހަކު ވެސް އާދަކޮށް ޓޮމާޓޯ ޖޫސް ބޭނުން ކުރެވިދާނެއެވެ.