Thu, 28 May, 2020, 12:09 pm
ބްރޯކޮލީ: ކެއުން މުހިއްމު ތަރުކާރީއެއް!
0

ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ތަރުކާރީ އާއި މޭވާ، ކެއުމުގައި ހިމަނާ މިންވަރު އިތުރުވެ އެތަކެތިން ތަފާތު ވައްތަރުގެ ކެއުންތަކާއި ތާޒާ ބުއިންތައް ތައްޔާރު ކުރާނެ ގޮތް ވެސް ދިވެހިން ވަނީ ދެނެގެންފައެވެ.

ފަހަކަށް އައިސް ދިވެހިންގެ ކެއުންތަކުގައި އެންމެ އާއްމުކޮށް ހިމަނާ އެއް ބާވަތަކީ “ބްރޯކޮލީ” އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސްޓީމްކޮށްލައިގެންނާއި ހުހަށް ކެއުމަށް ވެސް ރަނގަޅު ބްރޯކޮލީއަކީ ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި ކެބެޖުގެ އާއިލާއަށް ނިސްބަތްވާ ތަރުކާރީއެކެވެ.

އެގޮތުން ބްރޯކޮލީއަކީ ވިޓަމިން ސީ އާއި ވިޓަމިން ކޭ އިން މުއްސަނދިވެފައިވާ ފަތުގެ ބާވަތެކެވެ. އެހެންކަމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ކަށްޓާއި ދަތްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ބްރޯކޮލީ އެހީތެރިވެދެއެވެ.

އޭގެ އިތުރުން ޖެހިޖެހިގެން ތިން ދުވަހު ބްރޯކޮލީ ކެއުމަކީ، ނާސަލް ސެލް ތަކުގައި އެންޓިއޮކްސިޑެންޓުތައް ޖެނެރޭޓުކޮށްދޭ ޕްރޮޓީންތައް، އުފެއްދުން އިތުރުކޮށްދޭނެ ކަމެއް ކަމަށް ދިރާސާއިން ދައްކައެވެ. އަދި އޭގެ ސަބަބުން އެލާޖިކުތަކަށް ފަރުވާ ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ވެއެވެ.

ހަމައެންމެ، ލޮލުގެ ފެނުން ރަނގަޅުކޮށްދީ ބަރުދަން ލުއި ކުރުމަށް ވެސް ބްރޯކޮލީ އެހީތެރިވެދޭ ކަމަށްވެއެވެ.