މުޙައްމަދު އީމާން
04 February 2019
މަޤްބޫލު ޙަބަރު

ގޭގައި ވެސް ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވޭ ކިއުކަންބާ ޖޫހަކީ، އެތައް ގޮތަކުން ހަށިގަނޑަށް ފައިދާ ހުރި މީރު ބުއިމެކެވެ.

އެގޮތުން %95 ފެން އެކުލެވޭ ކިއުކަންބާ ޖޫހަކީ ހަށިގަނޑު ހައިޑުރޭޓު ކޮށްދީ ހަށިގަނޑު ސާފު ވެސް ކޮށްދޭ ބުއިމެކެވެ. ހަމައެއާއެކު، ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ހުރިހާ ވިޓަމިނެއް ވެސް ކިއުކަންބާގައި އެކުލެވެއެވެ.

އޭގެ އިތުރުން، އިސްތަށިގަނޑާއި ހަމުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ވެސް އެހީތެރިވެދޭ އެ ބުއިމަކީ ބައެއް ބާވަތުގެ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދިނުމަށް ވެސް އެހީތެރިވެދޭ ބުއިމެއް ކަމަށްވެއެވެ.

ހަމައެހެންމެ، ކެލޮރީ އެކުލެވޭ މިންވަރު އެތައް ގުނައެއް މަދު ކިއުކަންބާއަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން އާދަކޮށް ކޮންމެ ދުވަހަކު ވެސް އެއް ތަށި ކިއުކަންބާ ފެން ނުވަތަ ކިއުކަންބާ ޖޫސް ބުއިމުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ ހަށިގަނޑަށް ފައިދާ ކުރާނެ ބުއިމެކެވެ.

haftha.mv ©