މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

ހަމަކީ ވަރަށް ވެސް ނާޒުކު އެއްޗެކެވެ. އެހެންވެ ހަންގަނޑު ހަލާކު ވިޔަ ނުދީ ތާޒާކަންމަތީ ބެހެއްޓުމަށް އަބަދު މެހެން މަސައްކަތް ކުރަންޖެހެއެވެ.

ހަންގަނޑު ދުޅަހެޔޮ ކުރުމަށް ނުވަތަ ހަންގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ އެއް ކަމަކީ ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމެވެ. އޭގެ ތެރެއިން ވެސް ހަންގަނޑަށް ފަރުވާ ކޮށްދޭ މާއްދާތައް ހިމެނޭ ބައެއް މޭވާ އާއި ތަރުކާރީން ތައްޔާރުކޮށްފައި ހުންނަ ބުއިންތައް ހަންގަނޑުގެ ދުޅަހެޔޮ ކަމަށް މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

އެގޮތުން މި ލިޔުމުގައިވެސް އެ ފަދަ ބައެއް ބުއިންތަކަށް ބަލާލާނަމެވެ.

ބޭބީ ފޭސް ސްމޫތީ

ބޭނުންވާ ތަކެތި: އެއް ޖޯޑު ކައްޓަލަ (ތޮށި ނޮޅާފައި އަދި ކުދިކޮށް ކޮށާފައި)، އެއް މޭޒުމަތީ ސަމްސާ ފްލެކްސީޑް، އެއް ޖޯޑު ފެން، ކުޑަ އަލަނާސި ކޮޅެއް، އެއް އޮރެންޖު، އެއް ޖޯޑު އައިސްކިއުބް، އަދި މޭޒުމަތީ ސަމްސަލެއްގެ ދެ ބައިކުޅަ އެއްބައި ކަމޫކަމޫ

އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮލުމަށްފަހު މިކްސަރަށް އަޅައި ހިމުން ވަންދެން ގިރާލާށެވެ.

މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ބުއިމެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ހަމުގެ އިލާސްޓިސިޓީ ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ކަމަށްވާ ކޮލާޖެން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ސަމާ ސްޓްރޯބެރީ ސަންސެޓް

ބޭނުންވާ ތަކެތި:އެއް ޖޯޑު ސްޓްރޯބެރީ، އެއް ބްލަޑު އޮރެންޖު(ކޮށާފައި)، އެއް ޖޯޑު އާމަންޑު މިލްކް، އެއް ޕެއާސް(ކޮށާފައި)، އެއް މޭޒުމަތީ ސަމްސާ ހުނި،އެއް ޖޯޑު އައިސް ކިއުބް

އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މިކްސްޗަރަށް އަޅައި ހިމުން ވަންދެން ގިރާލާށެވެ.

ޖިންޖާ ޕްލަމް ފްލާވާ

ބޭނުންވާ ތަކެތި: ހަތަރު އައުންސް ބީޓްރޫޓް (ކޮށާފައި)، ބައި އިންޗި އިނގުރުކޮޅެއް، އެއް މޭޒުމަތީ ސަމްސާ ޗިއާ ސީޑް، އެއް ޖޯޑު އައިސް، އެއް އޮރެންޖު(ކޮށާފައި) ، ދެ ޕްލަމް، ލުނބޮލެއްގެ ދެބައި ކުޅަ އެއްބައި، އެއްޖޯޑު ފެން

އެއަށްފަހު ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅައި ހިމުން ވަންދެން ރަނގަޅަށް ގިރާލާށެވެ. ދެން އެ ތައްޔާރު ކުރެވުނީ މީރު ބުއިމެކެވެ.

haftha.mv ©