Thu, 28 May, 2020, 11:56 am
Sensual lips. Close up cropped shot of gorgeous sexy plump lips of a beautiful woman natural makeup pink lipstick applied lip augmentation fillers beauty cosmetology sexuality seduction feminine
ރީތި ތުންފަތެއް ބޭނުންތަ؟
0

އިންސާނާގެ ރީތިކަން ފުރިހަމަކޮށްދޭ އެއް ތަންކަމުގައި ތުންފަތް ވާނެއެވެ. އެއީ ރީތިކަން ރަމްޒުކޮށްދިނުމާއެކު ސިއްހީ ހާލަތު ވެސް ރަމްޒުކޮށްދޭ ތަނެކެވެ. ތުންފަތުގެ ރީތިކަން ދެމެހެއްޓޭނީ ހަމައެކަނި ތުންފަތުގައި ތި ޖައްސާ ލިޕްސްޓިކަކުން ނޫނެވެ. އެއަށް ދޭން ޖެހޭ ފަރުވާ އާއި އަޅާލުން ވެސް ދީގެންނެވެ.

މިހެން ބުނުމުން ބައެއް ފަރާތްތަކުގެ ހިތުގައި ސުވާލުވެސް އުފެދިދާނެއެވެ. އެއީ ތުންފަތަށް ދޭން ޖެހެނީ ކޮންފަރުވާއެއްތޯއެވެ. ނުވަތަ ތުންފަތަކީ އެއްވެސް ޒާތެއްގެ ފަރުވާއެއް ބޭނުންވާ އެއްޗެއްތޯއެވެ.

އާނއެކެވެ. އެހެންނަމަވެސް އެއީ މާ ބޮޑު ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި ބޭސްތަކެއްވެސް ކާން ޖެހޭ ކަމެއް ނޫނެވެ. އެކަމަށްޓަކާ ކޮށްލަންޖެހޭނީ ކުޑަ ހިތްވަރެކެވެ.

އެގޮތުން ތުންފަތުގެ ރީތި ކަމާއި ދުޅަހެޔޮކަން ދަމަހައްޓަން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކޮންމެ ދުވަހަކުވެސް އާދަކޮށް ތުންފަތް ސާފު ކުރުމުވެ. ތުންފަތް ސާފު ކުރުމަށް ދަތް އުގުޅާ ބުރުހެއް ތުންފަތުގައި މަޑުމަޑުން ހާކާލެވިދާނެ އެވެ. ނުވަތަ އަމިއްލަ އަށް ގޭގައި ތައްޔާރު ކުރާ ސްކްރަބެއް ބޭނުންކޮށްގެން ވެސް ތުންފަތް ސްކްރަބް ކުރެވިދާނެ އެވެ. މިއީ، ތުންފަތުގައި ހުންނަ މަރުވެފައި ހުންނަ ހަންތައް ނެއްޓި ތުންފަތުގެ ކުލަ އަލިކޮށްދޭނެ ކަމެކެވެ.

ދެވަނަ ކަމަކަށް، ތުންފަތް އަބަދުވެސް ބަހައްޓަން ވާނީ މޮއިސްޗަރައިޒް ކޮށްފަ އެވެ. އެކަމަށްޓަކާ ލިޕް ބާމެއް ބޭނުން ކުރެވިދާނެ އެވެ. އެހެން ނަމަވެސް ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ ގުދުރަތީ އަދި އޯގޭނިކު މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލިޕް ބާމެއް ބޭނުން ކުރުމެވެ.

ތުންފަތް އަވިންނާއި ފިނިން ރައްކާތެރިކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ ތުންފަތުން ހަން ނެއްޓުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ އެވެ.

ތުންފަތް އަވިން ރައްކާތެރި ކުރުމަށް ސަން ބްލޮކް އަދި އެސްޕީއެފް 15 އެކުލެވޭ ލިޕް ބާމެއް ބޭނުން ކުރާށެވެ. ރާއްޖެއަކީ ހޫނު ގަދަ ގައުމެއް ކަމުން ފިނިން ރައްކާތެރި ކުރާކަށް މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ އެވެ.

މި ހުރިހާ ކަމަކާއެކުވެސް، ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. އެއީ ވެސް ތުންފަތުގެ ދުޅަހެޔޮކަމާއި ރީތިކަން ދަމަހައްޓައިދޭނެ ކަމެކެވެ.